logo
Bank of Maldives

Bank of Maldives

ޚަބަރު

ހުނަރުވެރި އަދި ކުޅަދާނަ މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަކީ އެންމެ ބޮޑު އަމާޒު: އަސީލް

އާމިނަތު ޝަފާ
20 ފެބްރުއަރީ 2025 - 07:04
ހުނަރުވެރި އަދި ކުޅަދާނަ މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަކީ އެންމެ ބޮޑު އަމާޒު: އަސީލް

ހުނަރުވެރި އަދި ކުޅަދާނަ މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަކީ މިނިސްޓްރީގެ އެންމެ ބޮޑު އަމާޒު ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަސީލް ވިދާޅުވެއްޖެއެވެ.

އަސީލް މިފަދައިން ވިދާޅުވީ، މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްއާއި އެޗްޑީސީއާ ގުޅިގެން ހިންގި "އެޗްޑީސީ އެޕްރެނޓިޝިޕް ޕްރޮގްރާމް 2024 " ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަސީލް ވިދާޅުވީ، ހުނަރުވެރި އަދި ވަޒީފާގައި ކުރަންޖެހޭ މަސައްކަތް ރަނގަޅަށް ދަންނަ ދިވެހި ޒުވާނުން އެކަށީގެންވާ ވަރަށް ނުލިބޭ ކަމުގެ ޝަކުވާ އިންޑަސްޓްރީތަކުން އަބަދުވެސް ކުރަމުންދާ ކަމަށެވެ. މިކަމަށް އެދެވޭ ހައްލެއް ހޯދައިދީ ހުނަރު ދަސްކޮށްދީ ދިވެހި ޒުވާނުން ވަޒީފާއަށް ނެރެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން އަސީލް ފާހަގަކުރެއްވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން، ހުނަރުވެރި އަދި ކުޅަދާނަ މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި، ތަފާތު މަސައްކަތްތެރިކަމުގެ ޕްރޮގްރާމްތައް ހިންގަމުންދާކަން ފާހަގަކުރައްވަމުން އަސީލް ވިދާޅުވީ، މިގޮތުން ހާއްސަ މަސައްކަތެއްގެ ގޮތުގައި ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީފެންވަރުގައި ޒުވާނުންނަށް ހުޅުވާލައި ހިންގާ ހާއްސަ ޕްރޮގްރާމެއް ކަމަށެވެ.

"މިއަދު މި ހަފްލާގައި އެޗްޑީސީގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވި 28 ޒުވާނަކުވަނީ ޕްރޮގްރާމް ނިންމާ ޤައުމީ ސަނަދު ހާސިލްކޮށްފައި. އެހެންކަމުން ތިޔަ ޒުވާނުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން."

އަސީލް ވިދާޅުވީ މި ތަމްރީނުތައް ޒުވާނުންގެ މެދުގައި މަގްބޫލު ޕްރޮގްރާމަކަށް ހެދުމަށް ހާއްސަ މަސައްކަތްތަކެއް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ކުރެވޭއިރު މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޒުވާނުންނަށް އިތުރު ހުނަރުތައް ދަސްކޮށް، އެ ހުނަރުތައް ބޭނުންކޮށްގެން ވަޒީފާގެ މައިދާނަށް ނުކުމެ، އަމިއްލަ މަސައްކަތްތައް ފެށުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މިއީ ހަމައެކަނި ޒުވާނުންނަށް ލިބިގެންދާނެ ކުރިއެރުމެއް ނޫން ކަން ފާހަގަކުރައްވާ އަސީލް ވިދާޅުވީ، މިއީ މުޅި ގައުމަށް ވެސް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ. އަސީލް އިތުރަށް ވިދާޅުވީ، މިފަދަ ފުރުސަތުތަކެއް ސަރުކާރުން ހޯދައިދިނުމުގެ ހަގީގީ ބޭނުމަކީ ޒުވާނުންނަކީ ގައުމުގެ ރައުސުލްމާލުކަމަށްވެފައި ޒުވާނުންނަށް މަސައްކަތުގެ މައިދާނަށް ނުކުމު ކުރެވޭނެ މަސައްކަތްތަކެއް ހޯދައިދިނުން ކަމަށެވެ.

"ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމަށް ދެވެން ހުރި ފުރުސަތުތައް ދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭއިރު ޒުވާނުން ބާރުވެރިކުރުމަށް އަދުގެ ސަރުކާރުން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން. އެހެންކަމުން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އަށް، ހާއްސަ ޝުކުރެއް ދަންނަވަން. އަދި އަޅުގަނޑުމެންގެ ހީވާގި ޒުވާން ވަޒީރު އިބްރާހިމް ވަހީދު މި މަސައްކަތް ބާރަށް ކުރިޔަށް ގެންދެވުމަށް އަޅުގަނޑުމެންނަށް ދެއްވާ އިރުޝާދަށް ޝުކުރު ދަންނަވަން."

މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 447 ޒުވާނުން ތަމްރީނު ފުރިހަމަކޮށްފައިވާކަން އަސީލް ފާހަގަކުރެއްވިއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުން ނަފްސާނީ އެހީތެރިކަން ހޯދުމަށް ހޮޓްލައިނެއް ތައާރަފްކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުން މިރޭ؛ ރައީސް ބައިވެރިވެވަޑައިގަންނަވާނެ!ޚަބަރު | 9 މަސް ކުރިންނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ބާއްވާ އާޓް އެގްޒިބިޝަން މިމަހު 10ގައިޚަބަރު | އަހަރެއް ކުރިންތަޖުރިބާ ދަތުރުގެ ގޮތުގައި ކައުންސިލްތަކުން 13 މިލިއަން ރުފިޔާ ހަރަދުކޮށްފައި އެބަހުރި: މެމްބަރު މުސްތަފާޚަބަރު | އަހަރެއް ކުރިން