logo
Bank of Maldives

Bank of Maldives

ޚަބަރު

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނަކީ ޑރ. މުޢިއްޒު: ވަޒީރު

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއި ތަރައްޤީކުރުމާ ބެހޭ ސިޔާސަތުގެ ގޮތުގައި ވުޒާރާއިން ވަނީ މައިގަނޑު 5 ސިޔާސަތެއް ކަނޑައަޅުއްވައިފައެވެ. އެއީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމުގެ ސިޔާސަތާއި، ރަށްވެހި ޚިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްގެ ދައުރު ފުޅާކުރުމުގެ ސިޔާސަތާއި، ކައުންސިލްތަކަކީ ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާގެ މަތިން، ހާމަކަން ބޮޑުގޮތެއްގައި ހިންގާ، ޖަވާބުދާރީ ވަނިވި މުއައްސަސާތަކަކަށް ހެދުމުގެ ސިޔާސަތާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީއަށާއި ކައުންސިލްތަކަށް ސަރުކާރުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގެ ސިޔާސަތާއި އަދި ޓެކްނޮލޮޖީގެ އެހީގައި ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ އިންޤިލާބީ ބަދަލުތައް ގެނައުމުގެ ސިޔާސަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކައުންސިލްތައް ބާރުވެރި ކުރުވުމަށް ގެންގުޅުއްވާ ސިޔާސަތު، ފަޅު ރަށްތައް ރަށްރަށަށް ދިނުން، ޓެކްސްގެ 10 އިންސައްތަ ކައުންސިލްތަކަށް ލިބޭނެ ގޮތް ރޭވުން، ކައުންސިލްތައް ޢިމާރާތްކުރުން، ކައުންސިލްތަކަށް ޒިޔާރަތް ކުރެއްވުން. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ރޯދަ ޢިނާޔަތް ހަމަޖެއްސެވުން. އަދި ހިރިމަރަދޫ މީހުން ބަދަލު ކުރުމަށް ނިންމަވައިފައިވުން. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަތުރުފުޅުން ލާމަރުކަޒީ ނިޒާމަށް ލިބޭ ކުރިއެރުން-ވަޒީރު އާދަމް ޝަރީފު ޢުމަރު

މީގެ އިތުރުން ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ވުޒާރާއިން މަސައްކަތްކުރާ ގޮތް ވެސް މި ނިއުސް ކޮންފަރެންސުގައި ވަރަށް ތަފްޞީލުކޮށް ވަޒީރު ވަނީ ވިދާޅުވެދެއްވައިފައެވެ. އެ ގޮތުން ކްލަސްޓަރ ސިސްޓަމްގެ ދަށުން 7 ކުލަސްޓަރއެއް އުފައްދާފައިވާ ވާހަކައާއި، ކޮންމެ އަތޮޅަކަށް ޚާއްޞަ ބޭފުޅަކު އައްޔަންކޮށްފައިވާ ވާހަކައާއި، 300 އަށް ވުރެ ގިނަ ކައުންސިލް ބައްދަލުވުން މިހައިތަނަށް ބޭއްވިފައިވާ ވާހަކައަޢި، މަސައްކަތު ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން ކައުންސިލްތަކަށް ޒިޔާރަތް ކުރުން ވެސް ރޭވިގެން ކުރިއަށް ގެންދަވައި ވާހަކަ ވަޒީރު ވިދާޅުވިއެވެ.

މިއަދުގެ މި ނިއުސް ކޮންފަރެންސަށް ފަހު ވަޒީރު ވަނީ ނޫސްވެރިން ކުރެއްވެވި ސުވާލުތަކަށް ވަރަށް ތަފްޞީލްކޮށް ޖަވާބު ދެއްވައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ގައުމެއް ބިނާކުރުމުގައި އަންހެނުންގެ ހިއްސާއާ ނުލާ ކުރިއަށްދިއުމަކީ ދަތިކަމަކަށް ވާނެ"ޚަބަރު | 3 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި ޚަބަރު | ދުވަހެއް ކުރިން"އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމުގައި ސާބިތުކަމާއެކު ސަރުކާރު ދެމިއޮންނާނެ"ޚަބަރު | ދުވަހެއް ކުރިންފަށަން 70، ރައްޔިތުންގެ ވަރުގަދަ މެސެޖެއް!ރިޕޯޓް | ދުވަހެއް ކުރިން