logo
Bank of Maldives

Bank of Maldives

ޚަބަރު

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ވަރަށް އަވަހަށް ހުޅުވާލާނެ

އާމިނަތު ޝަފާ
23 ފެބްރުއަރީ 2025 - 08:11
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ވަރަށް އަވަހަށް ހުޅުވާލާނެ

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ރަޖިސްޓްރީ ކޮށްގެން ހިންގާ ރާއްޖޭގެ މީޑިއާތަކަށް ދިމާވާ ގޮން ޖެހުންތައް ހައްލު ކުރުމާއެކު މީޑިއާގެ ފަރާތްތައް ބާރުވެރި ކުރުމަށް ކުރެވިދާނެ ކަންކަމާމެދު ހިޔާލު ބަދަލުކޮށްލުމަށް މިނިސްޓްރީގެ ފަރާތުން މީޑިއާތަކުގެ އެޑިޓަރުންނާއި އަދި ވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައިވާއިރު ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. ވުމާއެކު މާލީ އެހީދޭނެ އުސޫލެއް އެކުލަވާލުމަށް، ބްރޯޑްކާސްޓިން އަދި އޮންލައިން މީޑިއާތަކުގެ ގިނަ ވެރިންނާއެކު ކުރެވުނު މަޝްވަރާއާ އެއްގޮތަށް މިހާރު ވަނީ އުސޫލު އެކުލަވާލައި ނިމިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އުސޫލު ގެޒެޓް ކުރެވުމާއެކު ލަސްލަތެއް ނުވެ ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލެވޭނެ ކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލުމާ ގުޅޭގޮތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ބެހޭގޮތުންވެސް މިނިސްޓަރު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އެ ދެ މުއައްސަސާ އެއްކޮށްލުމަށް އެއްވެސް ނޫސްވެރިއަކު ދެކޮޅު ނުހަދާ ކަމަށާއި، އެއީ އެކަން އޮންނަން ވީ ގޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ދެ މުއައްސަސާ އެއްކޮށްލުމަށްޓަކައި ހަދަން ޖެހޭ ގާނޫނީ އޮނިގަނޑުގެ މަސައްކަތް އޭޖީ ގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އަލިއަޅުއްވާލެއްވި ކަންކަމުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރެއް އޮތުމުގެ މުހިންމު ކަމާއި ރަޖިސްޓްރީ ކޮށްފައި ވާ ނޫސް މަޖައްލާތަކުގެ އެޑިޓަރުންނާއި މަސްއޫލުވެރިން އަދި ނޫސް ރީބްރޭންޑް ކުރާ އިރު، އެ މައުލޫމާތު މިނިސްޓްރީ އާ ހިއްސާ ކުރުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ބައެއް އެޑިޓަރުން ވަނީ، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލާ ބިލް އަވަސް ކުރުމަށް އެދިފައި ވެއެވެ. އަދި މީޑިއާގެ ދާއިރާއަށް ދިމާވާ އެކިއެކި ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރުމަށް ވެސް އެދިފައި ވެއެވެ.

މީގެ އިތުރުން އެކި މަންސަ ތަކުގައި ދޮގު ހަބަރު ފެތުރޭ އިރު ހުރިހާ ނޫސްވެރިންނަށް ނިސްބަތްވާ ގޮތަށް އެކަން ވުމަށް ނޭދޭ ކަމަށާއި ސަރުކާރުގެ އެކިއެކި ޕްރޮގްރާމުތަމުގެ މަންފާ މީޑިއާތަކަށް ލިބޭ އިރު، ދޮގުހަބަރު ފަތުރާ ފަރާތްތަކުގެ ކޮންޓެންޓް ބެލޭނެ މިންގަނޑެއް އޮތުން މުހިންމު ކަމުގައި ފާހަގަ ކުރިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުން ނަފްސާނީ އެހީތެރިކަން ހޯދުމަށް ހޮޓްލައިނެއް ތައާރަފްކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުން މިރޭ؛ ރައީސް ބައިވެރިވެވަޑައިގަންނަވާނެ!ޚަބަރު | 9 މަސް ކުރިންނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ބާއްވާ އާޓް އެގްޒިބިޝަން މިމަހު 10ގައިޚަބަރު | އަހަރެއް ކުރިންތަޖުރިބާ ދަތުރުގެ ގޮތުގައި ކައުންސިލްތަކުން 13 މިލިއަން ރުފިޔާ ހަރަދުކޮށްފައި އެބަހުރި: މެމްބަރު މުސްތަފާޚަބަރު | އަހަރެއް ކުރިން