logoEN
ކުޅިވަރު

ބާސާ ލަލީގާގެ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިއި އެތްލެޓިކޯ ތާވަލުގެ 2 ވަނައަށް

ބާސެލޯނާގެ ގޯލްޖެހުމަށްފަހު އޮލްމޯ ސެލެބްރޭޓްކުރަނީީ. ފޮޓޯ: ބާސާ

ބާސެލޯނާގެ ގޯލްޖެހުމަށްފަހު އޮލްމޯ ސެލެބްރޭޓްކުރަނީީ. ފޮޓޯ: ބާސާ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

23 ފެބްރުއަރީ 2025 - 08:13

ސްޕެނިޝް ލަލީގާގައި ލާސް ޕަލްމާސް އާ ދެކޮޅަށް ކުޅެ 2-0 އިން މޮޅުވެ، ބާސެލޯނާ އިން ލާ ލީގާގެ ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ. ރޭޣެ މެޗުން މޮޅުވީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް، ޑެނީ އޮލްމޯ އާއި ފެރާން ޓޯރެސް ޖެހި ލަނޑުތަކުންނެވެ.

ރޭގައި އެޓްލެޓިކޯ މެޑްރިޑް އިން ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ވަގުތީގޮތުން ތާވަލުގެ އެއްވަނއަށް އެރިނަމަވެސް، ރޭޣެ މެޗުން މޮޅުވުމާއެކު ބާސާ ވަނީ އެއްވަނައަށް އަލުން އަރާފައެވެ.

މެޗުގެ ބާސާގެ ފުރަތަމަ ގޯލުޖަހައިދިނީ 62 ވަނަ މިނެޓްގައި ލަމީން ޔަމާލްގެ ފުރިހަމަ ޕާހަކުން، ޑެނި އޮލްމޯއެވެ. އަދި މެޗުގެ 79 ވަނަ މިނެޓްގައި ލާސް ޕަލްމާސް އިން ހޭންޑް ބޯލްގެ ޕެނަލްޓީ އެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، ވީއޭއާރު އިން ބެލުމަށްފަހު، އެ ޕްލޭގައި އޮފްސައިޑް އެއް އޮތް ކަމަށް ނިންމައި، ޕެނަލްޓީ ނުދިނުމަށް ރެފްރީ ނިންމި އެވެ.

މެޗުގެ އިންޖުރީ ޓައިމްގައި ފެރާން ޓޯރެސް ޖެހި ލަނޑުން މެޗުބާސެލޯނާ ވަނީ 3 ޕޮއިންޓް ޔަގީންކޮށްފައެވެ. ރޭގެ މޮޅާއެކު ހާންސީ ފްލިކްގެ ޓީމު މިހާރު ވަނީ އަވޭ މެޗުތަކުގައި ވިދިވިދިގެން 10 ބަލިނުވެ ކުރިޔަށް ގޮސްފައެވެ. މީގެ ތެރޭގައި ހިމެނެނީ 7 މޮޅާއި 3 އެއްވަރު އެވެ. މިއީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުން ސެޕްޓެމްބަރު މަހާ ހަމައަށް ވިދިވިދިގެން 15 މެޗު ބަލިނުވެ ކުރިޔަސްދިޔަފަހުން، އަވޭ މެޗުތަކުގައި މިފަދަ ރެކޯޑެއް ހޯދި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ރޭގައި ތާވަލުގެ 3 ވަނައިގައިވާ އެތްލެޓިކޯ މެޑްރިޑް ވަނީ ވެލެންސިއާ އާއި ދެކޮޅަށްކުޅެ 3-0 އިން މޮޅުވެ ތާވަލުގެ 2 ވަނަ އަށް އަރާފައެވެ. އެއްމެޗު މަދުން ކުޅެފައިވާ ރެއާލް މެޑްރިޑް މިވަގުތު އޮތީ ތާވަލުގެ 3 ވަނައިގައެވެ.

ކޮމެންޓް

871x217_placeholder