logoEN
ޚަބަރު

ޝަރުއީ ދާއިރާއަށް ރައްޔިތުން ކުރި އިތުބާރު ގެއްލުވާލީ އެމްޑީޕީ އިން- ޝޫޖާއު

ހުސައިން ވަސީމްހުސައިން ވަސީމް

24 ފެބްރުއަރީ 2025 - 07:42

ޝަރުއީ ނިޒާމު ގަޑުބަޑުކޮށް ޝަރުއީ ނިޒާމަށް ރައްޔިތުން ކުރި އިތުބާރު ވެއްޔާ މޮޑެލީ އެމްޑީޕީ އިން މަގުމަތީ ކޯޓު ހަދައިގެން ހިންގި ހަޑިމުޑުދާރު އަމަލުތަކުން ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރަން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ކުރެއްވި ޓްވީޓް އަކާ ގުޅިގެން ޝޫޖާއު ވިދާޅުވީ އެމްޑީޕީ އިން މީގެ ކުރިން ސުޕްރީމް ކޯޓުގެ "ބެންޖު ކޮށާލީ އަޅުގަނޑުމެން ގޮވަގޮވަ ތިއްބާ" ކަމަށެވެ. ދައްކާ ވާހަކައިގެ ދެކޮޅު ޖެހެން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ހަސަން އެދުވަހު (ތިބޭފުޅުން MDP އާއެކު)SC ބެންޗް ކޮށާލީ އަޅުގަނޑުމެން ގޮވަގޮވަ ތިއްބާ!މިއަދު ހަސަން ތިކިޔަނީ ކީކޭ؟ތިދައްކާވާހަކަ ދެކޮޅު ޖެހެން އެބަޖެހޭނުން؟ހަސަންމެން ކުރީމަ އޯކޭ!މިއަދު އިސްލާހެއް ހުށައެޅީމަ ހަސަނު ބޮލަށް އުޑުވެއްޓިގެން އުޅޭހެން ތިއުޅެނީ ކީއްވެ؟ކޮބާ ތީގެސިއްރަކީ؟

ޝުޖާއު ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ވާހަކައަކީއެމްޑީޕީއާއި ގުޅޭ ވާހަކައެއް ނޫން ކަމަށާ ޖުޑިޝަރީ ފުނޑާލައި ފަނޑިޔާރުން ވަގަށް ނަގައި ފަނޑިޔާރުންގެ ސުލޫކީ މައްސަލައޮތޭކިޔާ ފަނޑިޔާރުން މަޤާމުން ދުރުކުރުމުގެ މާޒީވެސް އޮތީ އެމްޑީޕީގައި ކަމަށެވެ. އަދި ތަޖުރިބާހުރި ޢިލްމީ ފަނޑިޔާރުން ގަނޑުކޮށް، ބަދަލުކޮށް، އެމްޑީޕީގެ މުށުތެރެއަށް ފަނޑިޔާރުގެ ލައި މުޅިނިޒާމު ގަޑުބަޑުކޮށް މިނިޒާމަށް ރައްޔިތުން ކުރި އިތުބާރު ވެއްޔާމޮޑެލީ ހަމަ އެމްޑީޕީން ކަމަށް ޝޫޖާއު ވިދާޅުވި އެވެ.

އެމްޑީޕީން މަގުމަތީ ކޯޓު ހަދައިގެން ހިންގި ހަޑިމުޑުދާރު އަމަލުތައް ހަނދުމަފުޅު ނެތުނީތޯ ޝުޖާއު ސުވާލު އުފެއްދެވި އެވެ.

ޝުޖާއު ވިދާޅުވީ ހެޔޮވެރިކަމަކީ ރައްޔިތުންގެ އިޚްސާސްތައް ދަތުން ކަމަށާ، އެރައްޔިތުންނަށް ސަރުކާރުން ދީލަތިވުން ކަމަށެވެ. ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ޚިދުމަތް މިކުރަނީ ދިވެހި ރައްޔިތުންނަށް ކަމަށާ އެމްޑީޕީ ހިތްރުއްސަން ނޫން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ސަރުކާރުން ހުށަހެޅި އިރު ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސް ކުރި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށެވެ.

ކޮމެންޓް

871x217_placeholder