އެޗްއާރުސީއެމްގެ އަމުރާ ޚިލާފަށް މުވައްޒަފާ މެދު ފިޔަވަޅު އެޅުމުން ޕޯސްޓް ޖޫރިމަނާކޮށްފި


25 ފެބްރުއަރީ 2025 - 07:03
ވިސްލް ބްލޯކުރި އެ ކުންފުނީގެ މުވައްޒަފަށް ފިޔަވަޅު ނޭޅުމަށް އަމުރުކޮށްފައިވަނިކޮށް، އެ ކަމާ ޚިލާފުވުމުން މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މޯލްޑިވްސް ޕޯސްޓް މިއަދު ޖޫރިމަނާކޮށްފިއެވެ.
މިފަހުން ވަނީ ވިސްލް ބްލޯކުރި ޕޯސްޓުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރިކަމަށް ބުނާ މައްސަަލައެއްގައި ނުވަ ލައްކަ ރުފިޔާއިން ޕޯސްޓް ޖޫރިމަނާކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ނިންމި ކަމުގެ ޚަބަރުތަކެއް ދައުރުވެފައެވެ.
ނަމަވެސް ބޭންކުން ނެރުނު ބަޔާނެއްގައިބުނީ ކުރީގެ މެނޭޖުމަންޓުން، އެކުންފުނީގެ ވަޒީފާއަށް އިއުލާނު ނުކޮށް، އިންޓަވިއުކުރުމެއްވެސް ނެތި، މެނޭޖިން ޑިރެކްޓަރަށް ލިބިގެންވާ ބާރުގެ ދަށުންކަމަށް ބުނެ މެރިޓް އުސޫލުގެ ބޭރުން 49 މީހަކަށް ވަޒީފާ ދީފައިވާކަމަށެވެ. މިހާރުގެ މެނޭޖްމަންޓުން އެޗް.އާރު ޕޮލިސީ އިޞްލާޙުކޮށް، ހަރުދަނާ ރެކްރޫޓްމަންޓް ޕްރޮސެސްއެއް ގެންގުޅޭ ކަމަށާއި އަދި ވެލާނާ އެއާޕޯޓުގެ ޕޯސްޓް ޝޮޕްގެ އެއްބަސްވުމަކީ ކުރީގެ މެނޭޖްމަންޓުން ހަދާފައިވާ އެއްބަސްވުމެއްކަމަށާއި، މިހާރުގެ މެނޭޖްމަންޓުން މި އެއްބަސްވުން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމު ކޮށްފައިވާ ޕޯސްޓް ޝޮޕަށް މުދާ ސަޕްލައި ކުރުމުގެ އެއްބަސްވުމަކީ ކުރީގެ މެނޭޖްމަންޓުން ޖަމްއިއްޔަތު ތަޙްފީޒުލް ގުރުއާނުލް ކަރީމް ކިޔާ ގުރްއާން ހިތުދަސްކޮށްދޭ ކުލާހަކާ އެކު ހަދާފައިވާ އެއްބަސްވުމެއްކަން މޯލްޑިވްސް ޕޯސްޓުންވަނީ ފާހަގަކޮށްފައެވެ.
މި އެއްބަސްވުމާ ކުންފުނީގެ ތެރެއިންނާ ބޭރުން ގުޅުންހުރި އަދި މަޞްލަހަތު އޮތްކަމަށް ބެލެވޭ ފަރާތްތަކުގެ ބޭނުމަކީ މިކަމަކީ މިއަދުގެ މެނޭޖްމަންޓަށް ނިސްބަތްވާ ކަމެއްކަމަށް ހަދައި، ހަގީގަތް އޮޅުވާލައި ކުންފުނީގެ ވެރިންނާއި މުޅި މެނޭޖްމަންޓް ބަދުނާމު ކުރުންކަމަށް ޕޯސްޓް ލިމިޓެޑުގެ ބަޔާނުގައިވެއެވެ.
އަދި މިހާރުގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައާ ގުޅޭގޮތުން ފެތުރޭ ޚަބަރުތަކަކީވެސް ދޮގު ޚަބަރުތަކެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޕޯސްޓުން ބުނީ ޕްރޮކިއުމަންޓް މަސައްކަތްތައް ކުރިއަށްގެންދަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށްކަމަށާއި މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގައި މެނޭޖިން ޑިރެކްޓަރުގެ އެއްވެސް ދައުރެއް ނޯންނަ ކަމަށެވެ. އަދި ކުންފުނީގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކަކީ ތަޢުލީމީ ގޮތުން ޤާބިލު އަދި ތަޖުރިބާކާރު ބޭފުޅުންކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެއާއެކު ވިސިލްބްލޯވަރ ޕްރޮޓެކްޝަން ޤާނޫނުގެ ދަށުން ވިސިލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް ހުށައެޅިފައިވާ ބަދަލުހިފުމުގެ މައްސަލައެއް ބަލަމުންދާތީ މައްސަލަ ހުށައެޅިފައިވާ ފަރާތަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަށްޓަކާ ކުންފުނިން މުވައްޒަފާ މެދު އެޅުމަށް ނިންމާފައިވާ ފިޔަވަޅު މަޑު ޖައްސާލުމަށް ޔުނިޓްގެ ފަރާތުން އަމުރު ކޮށްފައިވަނިކޮށް އެ އަމުރާ ޚިލާފް ވެފައިވާތީ ވިސިލްބްލޯވަރ ޕްރޮޓެކްޝަން ޤާނޫނުގެ ދަށުން ކުންފުނި ޖޫރިމަނާކޮށް އަމުރުފޮނުވާފައިވާކަމަށް އެޗްއާރްސީއެމްއިންވަނީ ބުނެފައެވެ.
އިތުރު ލިޔުންތައް

ހިއުމަން ރައިޓްސް ޑިފެންޑަރުންނަށް ހުރި ނުރައްކާތައް ހައްލުކުރުމަށް ފޯރަމެއް ބާއްވައިފި
8 މަސް ކުރިން
ނޮޅިވަރަންފަރުގެ ފްލެޓް ލިސްޓު ބާތިލުކުރަން އެޗްއާރްސީއެމް އިން އަންގައިފި
6 މަސް ކުރިން
ހިއުމަން ރައިޓްސް ޑިފެންޑާސް ޓްރެއިނިން ޕްރޮގްރާމް ފަށައިފި
6 މަސް ކުރިން