logo
Bank of Maldives

Bank of Maldives

ޚަބަރު

ފަނޑިޔާރުންގެ ހިޔާނާތުގެ ތަހުގީގެއް އޭސީސީން ކުރަނީ

ހުސައިން ވަސީމް
26 ފެބްރުއަރީ 2025 - 13:26
ފަނޑިޔާރުންގެ ހިޔާނާތުގެ ތަހުގީގެއް އޭސީސީން ކުރަނީ

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ޖިނާއީ ކުށުގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ބުނެފި އެވެ.

ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް އޭސީސީ އިން ހިންގަމުން އަންނަ ކަމަށް ބުނެ އެކޮމިޝަނަށް އަންގާފައިވާ ކަމަށެވެ. މުއްދަތެއް ނެތް ގޮތަށް ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އޭސީސީ އިން އެމައްސަލަ ބަލާތީ ކަމަށްވެސް އެކޮމިޝަނުން ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖޭއެސްސީން ސަސްޕެންޑު ކޮށްފައިވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން "ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ، ނުވަތަ ބަންދުކޮށްފިނަމަ ނުވަތަ ތަޙްޤީޤު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަޙްޤީޤުކުރަން ފަށައިފިކަން ކޮމިޝަނަށް ތަހުގީގީ އިދާރާއަކުން އަންގައިފި ނަމަ އެ ފަނޑިޔާރެއް މަޤާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާމެދު ޢަމަލުކުރާނެ ގޮތެއް 48 ގަޑިއިރު ތެރޭގައި ކޮމިޝަނުން ނިންމަންވާނެ އެވެ.

ތިން ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އޭސީސީ އިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް އެކޮމިޝަނުން ހާމަ އެއް ނުކުރެ އެވެ.

އޭސީސީ އިން ބުނީ ކޮމިޝަނުގެ ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ކޮރަޕްޝަނުގެ ޢަމަލެއް، އެޤާނޫނުގެ 24 ވަނަ މާއްދާގައި ބުނާ ފަރާތަކުން ކުރަމުންދާކަމަށް ތުހުމަތުކޮށް މި ކޮމިޝަނަށް ހުށަހެޅިއްޖެނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާ ނުލައި އެ މައްސަލައެއް ތަޙުޤީޤުކުރުމަކީ މި ކޮމިޝަނުގެ މައްޗަށް އޮންނަ ޤާނޫނީ ޒިންމާއެއް އަދި ވާޖިބެެއް ކަމަށެވެ.

ކޮމިޝަނަށް ހުށަހެޅި ތަޙުޤީޤުކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްނެތި، ވަކި ފަރާތަކަށް ބުރަނުވެ ތަޙުޤީޤު ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށްވެސް އޭސީސީ އިން ބުނެ އެވެ.

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފިޚަބަރު | 20 ގަޑިއިރު ކުރިންރިޝްވަތަށް އެދުމުގެ މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓެއްގެ މައްޗަށް ދައުވާކުރަނީޚަބަރު | 5 ދުވަސް ކުރިންފައްޔާޒު އޭސީސީއަށް ހާޒިރުކުރަނީ ޚަބަރު | 8 ދުވަސް ކުރިންކުރީ ސަރުކާރުގެ ކޮރަޕްޝަން: މަހާ ޖައްރާފު މަރާމާތުކުރުމުގައި ވެސް އެތައް ގުނައެއް އިތުރަށް ޚަރަދުކޮށްފައިވޭޚަބަރު | 14 ދުވަސް ކުރިން