logo
Bank of Maldives

Bank of Maldives

ޚަބަރު

21 ފެރީ ސްޓޮޕެއް ކައުންސިލްތަކާ ހަވާލުކުރަނީ

އަޙްމަދު ޒަލީފް
26 ފެބްރުއަރީ 2025 - 14:07
21 ފެރީ ސްޓޮޕެއް ކައުންސިލްތަކާ ހަވާލުކުރަނީ

އުތުރުގައި ޤާއިމްކޮށްފައިވާ 21 ފެރީ ސްޓޮޕެއް ކައުންސިލްތަކާއި ހަވާލުކުރުމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ހަވާލުކޮށްފިއެވެ.

މިފެރީ ސްޓޮޕްތަކަކީ މުޅިރާއްޖެ ގުޅުވައިދޭ ދަތުރުފަތުރުގެ ނިޒާމު، އާރްޓީއެލް ނިޒާމުގައި ބޭނުން ކުރާނެ ފެރީ ސްޓޮޕްތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގެ ދަށުން، އާރްޓީއެލްގެ ޒޯން 1 ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގައި ޤާއިމްކޮށްފައިވާ ފެރީ ސްޓޮޕްތައް ވަނީ އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާއާ ހަވާލުކުރައްވާފައެވެ. އަދި އެ ވުޒާރާގެ ބެލުމުގެ ދަށުން އެ ފެރީ ސްޓޮޕްތައް ކައުންސިލްތަކުން ބަލަހައްޓާ ގޮތަށް ބަދަލުކުރެވޭނެއެވެ.

އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން، ކައުންސިލްތަކަށް ފެރީ ސްޓޮޕްތައް ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ފެރީ ސްޓޮޕްތަކާއި ފެރީ ސްޓޮޕްތައް ޤާއިމްކުރެވިފައިވާ ބިމާ ގުޅޭ ހުރިހާ ހައްގުތައް ކައުންސިލްތަކުގެ ދަށަށް ބަދަލުކުރެވޭނެކަމަށެވެ.

މީގެ ސަބަބުން ކޮމާޝަލް އޭރިއާތަކާއި އިންވެގެންވާ ސަރަހައްދު ކުއްޔަށް ދިނުމާއި މާލީ މަންފާ ލިބިގަތުމުގެ ހައްގު ކައުންސިލްތަކަށް ފުރިހަމައަށް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ފެރީ ސްޓޮޕްތައް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ހަވާލުކުރުމަށް ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްޓީސީސީއާއި، ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންހުތަކާއި ބެހޭ ވުޒާރާއާ ދެމެދުއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިފެރީ ސްޓޮޕްތައް ހަވާލުކުރުމުގެ ލިއުން އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާއާ ވަނީ ހަވާލުކުރައްވާފައެވެ. ދަތުރުފަތުރާއި ބެހޭ ވުޒާރާގެ ފަރާތުން ލިއުން ހަވާލުކޮށްދެއްވީ ވަޒީރު މުހައްމަދު އަމީންއެވެ. އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާގެ ފަރާތުން ލިއުމާއި ހަވާލުވެވަޑައިގެންނެވީ، ވަޒީރު އާދަމް ޝަރީފް އުމަރެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

55 ކައުންސިލް އިމާރާތް އަންނަ ޖޫން މަހަށް ނިންމަނީޚަބަރު | 2 ދުވަސް ކުރިންހުޅުމާލޭގައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނެގުމުގެ ޕްރޮގްރާމެއް ފަށައިފިޚަބަރު | 3 ދުވަސް ކުރިންޓެކްސީ ލައިން ފަށައިގަންނަން 407 ޑްރައިވަރުން، ފުރުސަތު ހުޅުވާލައިފިޚަބަރު | 20 ދުވަސް ކުރިން ކަނޑު އުޅަނދު ސާވޭ ކުރުމުގެ ޕްރޮގްރާމެއް ކައުންސިލްތަކާއެކު ކުރިއަށް ގެންގޮސްފިޚަބަރު | މަހެއް ކުރިން