logo
MPL

MPL

ޚަބަރު

މާލެ ސަރަހައްދުގެ މައި ހޮސްޕިޓަލުތަކުގެ އޯޕީޑީ މިއަދު ބަންދު

މާލެ ސަރަހައްދުގެ މައި ހޮސްޕިޓަލުތަކުގެ އޯޕީޑީ މިއަދު ބަންދު

މާލެ ސަރަހައްދުގެ މައި ތިން ހޮސްޕިޓަލެއްގެ އައުޓް ޕޭޝެންޓް ޑިޕާޓްމެންޓް (އޯޕީޑީ) ތައް މިއަދު ބަންދުވާނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖޯއެމްއެޗް) އިން ބުނެފިއެވެ.

އެގޮތުން އައިޖީއެމްއެޗްއިން ބުނެފައި ވަނީ އެ ހޮސްޕިޓަލުގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުތަކުގެ އޯޕީޑީ މިއަދު ބަންދުވާނެ ކަމަށެވެ. ނަމަވެސް އޯޕީޑީތަކުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފައި ވިއަސް، އިން ޕޭޝެންޓް ޑީޕާޓްމެންޓް (އައިއީޕީޑީ) އަދި އިމަޖެންސީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ދާނެކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން މާލެ ސަރަހައްދުގެ ބައެއް މައި ހޮސްޕިޓަލްތަކުގެ އޯޕީޑީ ބަންދުކުރަން އައިޖީއެމްއެޗްއިން ނިންމާފައިވަނީ މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، މިއަދަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ނިންމާފައިވާއިރު، ހޮސްޕިޓަލު ސަރަހައްދުތައް ފެންބޮޑުވެފައިވާތީ ބަލި މީހުންނަށް ހޮސްޕިޓަލަށް އައުމާއި އެނބުރި ދިއުމަކީ ތަކުލީފަކަށް ވެދާނެތީ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މިއާއެކު އައިޖީއެމްއެޗްގެ މެއިން ގޭޓުން ހުންނަ އައިސާރަނި ހިނގުން ފެންބޮޑުވެފައިވާތީ، އެ ހޮސްޕިޓަލުގެ މެއިން ގޭޓުން އާންމުންނަށް ވަދެ ނިކުތުމަށް ދަތިވާތީ، އިމަޖެންސީ ގޭޓު ބޭނުންކުރެވޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިއްހީ ދާއިރާ އާ ހަރުފަތަކަށް: އެކި ދާއިރާތަށް ހާއްސަ 16 ދިވެހި ޑޮކްޓަރުން މައި ދެ ހޮސްޕިޓަލްގެ ޚިދުމަތް ފައްޓަވައިފިޚަބަރު | މަހެއް ކުރިންނިއުކްލިއިކް އެސިޑް ޓެސްޓިންގެ ހިދުމަތް ރާއްޖޭގައި ފަށައިފިޚަބަރު | މަހެއް ކުރިންކާޑިއެކް ސެންޓަރުން ދެނީ ނަމޫނާ ޚިދުމަތެއް، އާންމުންގެ އިތުބާރު ބޮޑު: ހަލީމްޚަބަރު | 2 މަސް ކުރިންނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 2 މަސް ކުރިން