މަރުވި އަންހެން މީހާގެ ހަށިގަނޑު ތަހުގީގަށްފަހު އެނބުރި ހޮޅުދޫއަށް ގެންގޮސްފި

ނ. ހޮޅުދޫގައި އިއްޔެ ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ
.jpg&w=3840&q=75)
12 ސެޕްޓެމްބަރު 2024 - 04:41
ނ. ހޮޅުދޫއިން މަރުވެފައި އޮއްވާ ފެނުނު 50 އަހަރުގެ ދިވެހި އަންހެނެއްގެ ހަށިގަނޑުފުލުހުން މާލޭގައި ހިންގި ތަހުގީގަށް ފަހު މިއަދު ހެނދުނު އެ ރަށަށް ގެންގޮސްފިއެވެ.
ހޮޅުދޫގެ ގެއަކުން އަންހެނަކު ޒަހަމްވެފައި އޮއްވާ ފެނުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ އެކު އެ މައްސަލަ ބަލަން ފެށި އެވެ. ފުލުހުން އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، އޭނާ މަރުވާން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވެފައި އޮއް ތަނުގައި ވަޅިއެއް ވަނީ ފެނިފައެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
8 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
8 މަސް ކުރިން
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
8 މަސް ކުރިން