logo
ޚަބަރު

އެހީގެ ތަކެތި ޣައްޒާއަށް ވެއްދުން ހުއްޓުވާތީ އެކަން ކުށްވެރިކޮށްފި

އާމިނަތު ޝަފާ
4 މާރިޗު 2025 - 07:18
އެހީގެ ތަކެތި ޣައްޒާއަށް ވެއްދުން  ހުއްޓުވާތީ އެކަން ކުށްވެރިކޮށްފި

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ޔަހޫދީން ހުރަސްއަޅަމުންދާތީ އެކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ޣައްޒާއަށް އިންސާނީ އެހީ އެތެރެވުން ހުއްޓުވަން އިސްރާއީލުން ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި އިސްރާއީލުގެ މި އަމަލުތަކަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ، އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުތައް ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރުކުރުވުމަށާއި، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭކަމަށްވެސް ބަޔާނުގައިވެއެވެ.

ބަރަކާތްތެރި ރަމަޟާންމަހާ ދިމާކޮށް ޣައްޒާއަށް ވަންނަންދިޔަ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަރުކޮށްފައިވާ އުޅަނދުތަކަށް ޔަހޫދީންވަނީ ހުރަސްއަޅާފައެވެެ.

ޔަހުދީން މިހާރު ދަނީ އެމެރިކާގެ އެއްބާރުލުމާއެކު އެއްބަސްވުމަށް އައު ބައިތަކެއް އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ދިފާއުގައި މިއަދު ސައިކަލު ރެލީއެއްޚަބަރު | 5 މަސް ކުރިންރާއްޖޭން ޣައްޒާއަށް ފޮނުވި ބައިމިލިއަން ރުފިޔާގެ ކާބޯތަކެތި ވާޞިލުވެއްޖެޚަބަރު | 5 މަސް ކުރިންފަލަސްޠީނު ރައްޔިތުން ޣައްޒާއިން ބޭރުކުރަން އިސްރާއީލުން އަޅާ ފިޔަވަޅުތައް ރާއްޖޭން ކުށްވެރިކޮށްފިޚަބަރު | 5 މަސް ކުރިންފަލަސްޠީނުގެ ރައްޔިތުން ގެދޮރު ބަދަލުކުރުމަށް ގޮވާލުން ކުށްވެރިކޮށް، ޣައްޒާ އާރާސްތުކުރުމުށް ގޮވާލައިފިޚަބަރު | 6 މަސް ކުރިން