logo
ޚަބަރު

ރާއްޖޭން ޣައްޒާއަށް ފޮނުވި ބައިމިލިއަން ރުފިޔާގެ ކާބޯތަކެތި ވާޞިލުވެއްޖެ

ރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ފަލަޞްތީނުގެ ޣައްޒާގެ ރައްޔިތުންނަށް  ފޮނުވި އެހީ ބެހުމުގެ ތެރެއިން -- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ފަލަޞްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ފޮނުވި އެހީ ބެހުމުގެ ތެރެއިން -- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ރާއްޖޭން ފަލަޞްތީނުގެ ޣައްޒާއަށް ފޮނުވި ބައިމިލިއަން ދިވެހި ރުފިޔާގެ ކާބޯތަކެތި ވާޞިލުވެއްޖެއެވެ.

ޒަކާތު ހައުސްއަށް ދިވެހި ރައްޔިތުން ހަވާލުކުރި ފިޠުރު ޒަކާތުން ފަލަޞްޠީނުގެ ޣައްޒާގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ފަސް ލައްކަ ދިވެހި ރުފިޔާގެ ކާބޯތަކެތި ފޮނުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމާފައިވާ ކަމަށް ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރު އެތަކެތި ޣައްޒާއަށް ވާޞިލުވެއްޖެކަމަށް ވުޒާރާއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ޣައްޒާއަށް އެހީވުމަށް ކަނޑައެޅި ފަސް ލައްކަ ރުފިޔާ ހަވާލުކޮށްފައިވަނީ އިސްރާ އެސޯއިއޭޝަނާއެވެ. އަދި އެ އެސޯސިއޭޝަނާއި ފަލަސްޠީނުގައި ހަރަކާތްތެރިވާ އެހީދޭ ފަރާތްތައް ގުޅިގެން މި އެހީ މިހާރުވަނީ ފަލަސްޠީނު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޒަކާތު ފަންޑުން ޣައްޒާއަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަން މީގެ ކުރިން ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ޒަކާތު ފަންޑުން ވަނީ މީގެ ކުރިން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ވެސް ޣައްޒާއަށް އެއްލައްކަ އެމެރިކާ ޑޮލަރުގެ އެހީ ފޮނުވާފައެވެ. އަދި ޒަކާތު އެހީގެ ދަށުން ޣައްޒާގައި ވޯޓާ ސަޕްލައި ޕްރޮޖެކްޓެއް ވެސް ވަނީ ލޯންޗްކޮށްފައެވެ.

ޒަކާތު ފަންޑަކީ ފަގީރުންނާ މިސްކީނުންނަށް އެހީވާން، އިސްލާމިކް މިނިސްޓްރީގައި އުފައްދާފައިވާ ފަންޑެކެވެ. އެ ފަންޑުގެ ހިންގުން ވަރުގަދަ ކުރުމަށް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ދިފާއުގައި މިއަދު ސައިކަލު ރެލީއެއްޚަބަރު | 5 މަސް ކުރިންރާއްޖޭން ޣައްޒާއަށް ފޮނުވި ބައިމިލިއަން ރުފިޔާގެ ކާބޯތަކެތި ވާޞިލުވެއްޖެޚަބަރު | 5 މަސް ކުރިންފަލަސްޠީނު ރައްޔިތުން ޣައްޒާއިން ބޭރުކުރަން އިސްރާއީލުން އަޅާ ފިޔަވަޅުތައް ރާއްޖޭން ކުށްވެރިކޮށްފިޚަބަރު | 5 މަސް ކުރިންފަލަސްޠީނުގެ ރައްޔިތުން ގެދޮރު ބަދަލުކުރުމަށް ގޮވާލުން ކުށްވެރިކޮށް، ޣައްޒާ އާރާސްތުކުރުމުށް ގޮވާލައިފިޚަބަރު | 6 މަސް ކުރިން