logo
ޚަބަރު

ޣައްޒާގެ ދިފާއުގައި މިއަދު ސައިކަލު ރެލީއެއް

ޣައްޒާގެ ދިފާއުގައި މިއަދު ސައިކަލު ރެލީއެއް

ޣައްޒާގެ ދިފާއުގައި އިލްމުވެރިންނާއި މަދަނީ ޖަމިއްޔާތައް އިސްނަގައިގެން ސައިކަލު ރެލީއެއް މިއަދު ބާއްވަން ނިންމައިފިއެވެ.

"ޣައްޒާއާ އެކު" ގެ ނަމުގައި ފެށި ހަރަކާތްތަކުގެ ތެރެއިން ބާއްވާ ސައިކަލް ރެލީ ފަށަން ހަމަޖެހިފައި ވަނީ މާލޭގެ ރަސްފަންނު ސަރަހައްދުން މިއަދު ހަވީރު 4:15 ގައެވެ. ރެލީ ނިންމާލާނީ ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ހިންގާ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމަށް ފަހު، ރަސްފަންނުގައި ހާއްސަ ދުއާއަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބުދަ ދުވަހުގެ ރޭ އިލްމުވެރިން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ޣައްޒާގެ ޙައްޤުގައި އުފުލުމަށް ވީ އެންމެ ބޮޑަކަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި، އެއީ ޣައްޒާގެ ރައްޔިތުންނަށް ހިއްވަރު ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ޣައްޒާ ހިނގަމުންދާ ޖަރީމާތަކަކީ އާންމު ކަމަކަށް ހަދާ މީހުންނާ ދެކޮޅަށް އަޑު އުފުލައި، އެފަދަ ކަންކަމަށް ހުރަސް އަޅަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އިލްމުވެރިންނާއި ޖަމިއްޔާތައް ގުޅިގެން ޣައްޒާ އަށް އެހީތެރިވުމަށް ފޮނުވާ ފައިސާގެ އެހީ ފުޅާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ފަލަޞްތީނުގެ ޣައްޒާ އަށް އެހީވުމުގެ ގޮތުން، ޒަކާތު ހައުސްއަށް ދިވެހި ރައްޔިތުން ހަވާލުކުރި ފިޠުރު ޒަކާތުން ފަލަޞްޠީނުގެ ޣައްޒާގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ފަސް ލައްކަ ދިވެހި ރުފިޔާގެ ކާބޯތަކެތި ވަނީ އިއްޔެ ބަހާފައެވެ. ޒަކާތު ފަންޑުން ވަނީ މީގެ ކުރިން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ވެސް ޣައްޒާއަށް އެއްލައްކަ އެމެރިކާ ޑޮލަރުގެ އެހީ ފޮނުވާފައެވެ. އަދި ޒަކާތު އެހީގެ ދަށުން ޣައްޒާގައި ވޯޓާ ސަޕްލައި ޕްރޮޖެކްޓެއް ވެސް ވަނީ ލޯންޗްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ދިފާއުގައި މިއަދު ސައިކަލު ރެލީއެއްޚަބަރު | 5 މަސް ކުރިންރާއްޖޭން ޣައްޒާއަށް ފޮނުވި ބައިމިލިއަން ރުފިޔާގެ ކާބޯތަކެތި ވާޞިލުވެއްޖެޚަބަރު | 5 މަސް ކުރިންފަލަސްޠީނު ރައްޔިތުން ޣައްޒާއިން ބޭރުކުރަން އިސްރާއީލުން އަޅާ ފިޔަވަޅުތައް ރާއްޖޭން ކުށްވެރިކޮށްފިޚަބަރު | 5 މަސް ކުރިންފަލަސްޠީނުގެ ރައްޔިތުން ގެދޮރު ބަދަލުކުރުމަށް ގޮވާލުން ކުށްވެރިކޮށް، ޣައްޒާ އާރާސްތުކުރުމުށް ގޮވާލައިފިޚަބަރު | 6 މަސް ކުރިން