logoEN
ޚަބަރު

ކޮންމެ ޝަކުވާއެއް ވަކިން ބަލާނެ، ލިސްޓަށް ބަދަލު އަތުވެދާނެ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

04 މާރިޗު 2025 - 12:35

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު މުރާޖަޢާ ކުރުމަށްފަހު އަލުން ނެރުނު ލިސްޓަސް 1000 އެއްހާ ޝަކުވާ ލިބިފައިވާކަމަށާއި ޝަކުވާތައް ބެލުމަށްފަހު ލިސްޓަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓު ލިބޭކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި މީހުންގެ ލިސްޓް މުރާޖަޢާ ކުރުމަށްފަހު ޝަރުތު ހަމަވާ މީހުންގެ ލިސްޓް މިސަރުކާރުން އިޢުލާންކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މިލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.

ދައުލަތުގެ މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ ޝަކުވާގެ ތެރޭގައި އެންމެ ގިނައިން އޮތީ މެދުނުކެނޑި 15 އަހަރު މާލޭގައި އުޅުނުކަން ސާބިތުކޮށްދިނުމުގައި ހުރިދަތިތައްކަމަށެވެ. މިކަމުގައި ސާބިތުވާ ވަރުގެ ހެއްކެއް ދެއްކިއްޖެނަމަ އެކަން ވެރިފައިކުރުން ކުރިއަށް ގެންދާނެކަމަށެވެ.

އަދި ކުރިއަށް މިދިޔައީ ވެރިފިކޭޝަން މަރުހަލާއެއް ކަމުން އިތުރު ޑޮކިއުމެންޓް ހުށަހެޅުމުގެ ފުރުސަތު ދިނުމަކީ އެންމެ ރަގަޅުގޮތެއް ނޫންކަމަށްވެސް ނަޒީމް ވިދާޅުވިއެވެ.ނަޒީމް ވިދާޅުވީ ޝަކުވާތައް ބެލުމަށްފަހު ލިސްޓަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިހާރު ވުޒާރާއިން ހާމަކުރައްވާފައިވާ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވަނީ 1820 މީހުންނެވެ. ނަޒީމް ވިދާޅުވީ ބާކީ ހުރި ފްލެޓުތަކަށް މީހުން ހޮވާނީ ސްކީމަށް ފޯމުލީ 16،000 އެއްހާ މީހުންގެ ފޯމު ޗެކްކުރުމަށްފަހު އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކަށް ކަމަށެވެ.

ކޮމެންޓް

871x217_placeholder