logoEN
ކުޅިވަރު

ލެވަރކޫސަން ބަލިކޮށް ބަޔާން މިޔުނިކުން ކުއާޓަރ ފައިނަލާއި ގާތަށް

މެޗުގައި މުސިއާލާގެ ފަރާތުން ވަނީ މޮޅުކުޅުމެއް ފެނިފައި. ފޮޓޯ: ބަޔާން މިޔުނިކް

މެޗުގައި މުސިއާލާގެ ފަރާތުން ވަނީ މޮޅުކުޅުމެއް ފެނިފައި. ފޮޓޯ: ބަޔާން މިޔުނިކް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

06 މާރިޗު 2025 - 04:39

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ކުޅުނު މެޗެއްގައި ބަޔާން މިއުނިކު ލެވަކޫސަން އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގައި ބަޔާން މިއުނިކްގެ ސްޓްރައިކަރު ހެރީ ކޭން ވަނީ ދެ ލަނޑު ޖަހާފައެވެ.މެޗުގެ ފުރަތަމަ ލަނޑު ޖެހުމުގެ އުފާ ބަޔާން މިއުނިކަށް ލިބުނީ މެޗު ފެށިތާ 9 ވަނަ މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ސްޓްރައިކަރު ހެރީ ކޭންއެވެ. މެޗުގެ ކުޅުން ކޮންޓްރޯލް ކުރަމުން ދިޔަ ބަޔާން މިއުނިކަށް ވަނީ ލަނޑު ޖެހުމުގެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އޭގެ ތެރޭގައި ޖޯޝުއާ ކިމިޗް އާއި ޖަމާލް މުސިއާލާއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 9 ވަނަ މިނިޓުގައި ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މިއީ ލެވަކޫސަންގެ މަތެޖް ކޮވާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މުސިއާލާ ޖަހާފައިވާ ލަނޑެކެވެ. މި ލަނޑާއެކު ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އިތުރަށް ބޮޑުވެގެން ދިޔައެވެ.ލެވަކޫސަންގެ ދަތި ހާލު އިތުރަށް ގޯސްވީ މެޗުގެ 62 ވަނަ މިނިޓުގައި އެ ޓީމުގެ ނޯޑީ މުކިއޭލްއަށް ދެވަނަ ރީނދޫ ކާޑު ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެންނެވެ. މީގެ ފަހުން މެޗުގެ 75 ވަނަ މިނިޓުގައި ބަޔާން މިއުނިކަށް ލިބުނު ޕެނަލްޓީއެއް ހެރީ ކޭން ވަނީ ގޯލަކަށް ބަދަލުކޮށްފައެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 31 ވަނަ ލަނޑެވެ.

މި ދެ ޓީމުގެ ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހު ލެވަކޫސަންގެ ބޭ އެރީނާގައެވެ. މި މެޗުން ކާމިޔާބު ހޯދާ ޓީމަކަށް ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮމެންޓް

871x217_placeholder