ޑެމްބެލޭގެ ދެ ލަނޑާއެކު ޕީއެސްޖީ ރެން ބަލިކޮށް ލީގު ނެގުމާ ގާތަށް

ޕީއެސްޖީ އޮތީ މިސީޡަނުގައި ވަރަށް ފޯމުގައި. ފޮޓޯ: ÷.އެސް.ޖީ

09 މާރިޗު 2025 - 11:44
ފްރެންޗް ލީގް 1 ގައި ރޭ ރެންއާ ދެކޮޅަށް ކުޅުނު މެޗުން ޕެރިސް ސެއިންޓް-ޖަރމަން (ޕީއެސްޖީ) ވަނީ 4-1 ގެ ނަތީޖާއަކުން މޮޅުވެ، ތާވަލުގެ އެއްވަނައިގައި 15 ޕޮއިންޓުގެ ލީޑެއް ހޯދައިފައެވެ. މި މެޗުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިޔަކަށް ވެފައިވަނީ އިތުރު ވަގުތުގައި ދެ ލަނޑު ޖެހި އުސްމާން ޑެމްބެލޭއެވެ. ޑެންބެލޭ އަކީ މިސީޒަނުގައި އެންމެ ފޯމުގައި ހުރި އެއް ކުޅުންތެރިޔާއެވެ.
ރެންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި ޖަހާފައިވަނީ ޕީއެސްޖީގެ ބްރެޑްލީ ބާކޯލާއެވެ. ދެވަނަ ހާފު ފެށުނުތާ ފަސް މިނެޓުގައި ގޮންޒާލޯ ރާމޯސް ވަނީ ޕީއެސްޖީގެ ލީޑު 2-0 އަށް ފުޅާކޮށްފައެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ރެންގެ ބްރޭސިއާ ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައި ސްކޯ 2-1 އަށް ބަދަލުކޮށްފައެވެ.މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެމްބެލޭ ވަނީ ތިން މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައި މެޗު 4-1 އިން ނިންމާލާފައެވެ. މިއާއެކު ޕީއެސްޖީ ވަނީ 25 މެޗުން 65 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. ދެވަނައިގައިވާ މާސޭއަށް 25 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. އަދި މާސޭ ވަނީ ރޭ ލެންސްއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ބަލިވެފައެވެ. މި މެޗުން ބަލިވި ރެން މިހާރު އޮތީ 29 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.
ޕީއެސްޖީ މިހާރު ތައްޔާރުވަމުން ދަނީ އަންނަ އަންގާރަ ދުވަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މުހިންމު މެޗަށެވެ.
އިތުރު ލިޔުންތައް

އެތްލެޓިކޯ މެޑްރިޑް އަތުން ބަލިވެ ޕީ.އެސް.ޖީ ޗެންޕިއަންސް ލީގުން ވަކިވުމާ ގާތަށް
5 މަސް ކުރިން
ލިޔޯން ފުޓްބޯޅަ ކްލަބް ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކުރަނީ
5 މަސް ކުރިން
މޮނާކޯ ބަލިކޮށް ފްރެންޗް ސުޕަކަޕް ޕީ.އެސް.ޖީ އިން ކާމިޔާބުކޮށްފި
3 މަސް ކުރިން