logo
Bank of Maldives

Bank of Maldives

ޚަބަރު

ވިޔަފާރި އެހީ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހު ހުޅުވާލަނީ

އަޙްމަދު ޒަލީފް
9 މާރިޗު 2025 - 16:12
ވިޔަފާރި އެހީ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހު ހުޅުވާލަނީ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ "ވިޔަފާރި އެހީ" ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހު ހުޅުވާލާނެކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެސްޑީއެފްސީން ވިދާޅުވީ ވޭތުވެދިޔަ 1 އަހަރު ދުވަހު މެދުކެނޑުމެއްނެތި ވިޔަފާރިކުރަމުންދާ ކޮންމެ ފަރާތަކަށްވެސް ލޯނަށް އެދި ހުށައެޅޭނެ ކަމަށެވެ. އަދި މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ލޯނަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެކަމަށްވެސް އެސްޑީއެފްސީން ވިދާޅުވިއެވެ.

އެސްޑީއެފްސީން ވިދާޅުވީ މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރީގެ ޚަރަދުތައް ކުރުމަށް މިލޯނު ބޭނުންކުރެވިދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ވިޔަފާރި އެހީ" ލޯނަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެސްޑީއެފްސީން ތަޢާރަފުކޮށްފައިވާ ލޯނެކެވެ. މިލޯނަކީ ދުވަހުން ދުވަހަށް ދިމާވާ ފައިސާގެ ދަތިތަކުން އަރައިގަތުމަށް އޮތް ހައްލެއްކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.

އެސްޑީއެފްސީއަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް މުޅިން އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށާއި ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްޑީއެފްސީ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފިވިޔަފާރި | 14 ގަޑިއިރު ކުރިންއެސްޑީއެފްސީއިން ދޫކޮށްފައިވާ ހުރިހާ ލޯނެއް ޝަރީޢާ އުސޫލަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިންކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ފައިނޭންސިން ހިދުމަތެއް އެސްޑީއެފްސީން ތައާރަފުކޮށްފިޚަބަރު | މަހެއް ކުރިންއެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ބަދުރުއްދީން އައްޔަންކޮށްފިޚަބަރު | 2 މަސް ކުރިން