ޒުވާނުން ސަރުކާރާއެކު މަސައްކަތްކުރަންޖެހޭ: ވަޒީރު

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
.jpg&w=3840&q=75)
12 ސެޕްޓެމްބަރު 2024 - 09:18
ޤައުމުގެ ހާލަތު ބަދަލުކުރުމަށް ސަރުކާރާއެކު ޒުވާނުން މަސައްކަތްކުރަންޖެހޭ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވިލާކޮލެޖްގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް ނަންބަދަލު ކުރުމާއި އިންކިއުބޭޝަން ސެންޓަރ އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެ މިއަދު އޮތް ހިސާބަށް ބަލާއިރު ޤައުމުގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަން ކަމަށާއި، ސަރުކާރުން އެހެން ސިނާއަތްތަކުންވެސް އިޤްތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ޤައުމު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށާއި، ރާއްޖޭގެ ދަރަނި އޮތީ 122 ބިލިއަން ރުފިޔާގައިކަމަށެވެ. އަދި ޒުވާން ތައުލީމީ ރައީސެއް ޤައުމު ބިނާކުރުމަށް މަސައްކަތް މިއަދު ކުރަމުންއަންނައިރު، ސަރުކާރުގެ ދައުވަތަކީ ފިކުރު އެއްކިބާކޮށް ޤައުމުގެ ތަރައްޤީއަށް ޒުވާނުން ނިކުތުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ވަޒީރު ވަނީ ޤައުމު ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު ދެއްވާފައެވެ.
އެހެންވީމަ އަޅުގަނޑު އެދެނީ ސަރުކާރާއެކުގައި ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައި ތިބޭފުޅުން ނޭޝަން ބިލްޑިންއަށް އައު ޖޯޝެއްގައި އައު ފޯރިއަކާއިއެއްކޮށް މަސައްކަތް ކޮށްދެއްވުން. އިނޮވޭޓިވް އައު ސެކްޓަރތަކަށް ވަދެވަޑައިގަތުމަށްޓަކައި މަސައްކަތްތަކެއް ކުރެއްވުން. އަޅުގަނޑުމެން ޤައުމުގެ ރޭޓިން ބަދަލުކުރާނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން ދަރަނި އަރަންޏަށް ހެދޭނީ އަޅުގަނޑުމެން އެންމެން އެކުގައި އެއްކޮށް މަސައްކަތްކޮށްގެން, - އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ވިލާ ކޮލެޖުން ތަޢާރަފުކުރި އިންކިއުބޭޝަން ސެންޓަރަކީ ވިޔަފާރިތަކަށް މަގުދައްކައިދީ، އިރުޝާދާއި ލަފާ ފޯރުކޮށްދޭނެ މަރުކަޒެކެވެ. މި މަރުކަޒަކީ އަލަށް ފަށާ އަދި ކުރިއަރަމުން އަންނަ ވިޔަފާރިތަކަށް އެހީތެރިވެދޭ، އެ ފަރާތްތަކުގެ ކާމިޔާބީއަށް މަގުފަހިކޮށްދޭނެ މުހިންމު މަރުކަޒަކަށް ވެގެންދާނެއެވެ.
އިތުރު ލިޔުންތައް
.webp&w=3840&q=75)
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސައުދީގެ އެހީތެރިކަން ހޯދަނީ
9 މަސް ކުރިން
ވެރިކަމާ ހަވާލުވިއިރު ޤައުމު އޮތީ ދެންމެ ދެންމެ ދަރާ ވިކިދާނެ ހާލަތެއްގައި - ސަޢީދު
3 މަސް ކުރިން
"ހަނިމާދޫ އެއާޕޯޓު ބޭރުގެ ފަރާތަކަށް ވިއްކާލާ ވާހަކައަކީ ބުހުތާނު ދޮގެއް"
3 ދުވަސް ކުރިން