logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކިންގް މާޒިންގެ މޮޅުކުޅުމާއެކު އެފްސީ މަޓިމޯ ތޮއްޑޫގެ ރަސްކަމަށް

އަބްދުﷲ ޣާނިމް
13 މާރިޗު 2025 - 04:27
އެފްސީ މަޓިމޯ ވަނީ ޕެނަލްޓީގައި ފަސްނަންބަރު އެފްސީ ބަލިކޮށްފައި.
އެފްސީ މަޓިމޯ ވަނީ ޕެނަލްޓީގައި ފަސްނަންބަރު އެފްސީ ބަލިކޮށްފައި.

ރަށު ހުނަރު ދިރުވުން' ސްލޯގަން އާއެކު ރޯދަމަހަށް ހާއްސަކޮށް ތޮއްޑޫގައި ބާއްވާ ރޯދަ ޗެލެންޖުގެ ޗެންޕިއަންކަން އެފްސީ މަޓިމޯ ހޯދައިފިއެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައިވެސް ގިނަ ތަޖުރިބާތަކެއް ލިބިފައިވާ މާޒިން ގެ އިރުޝާދުގެ ދަށުން ނިކުތް އެފްސީ މަޓިމޯ މުބާރާތް ކާމިޔާބުކޮށްފައިވަނީ ފަސް ނަންބަރު އެފްސީ އާއި ވާދަކޮށް 2-2 އިން އެއްވަރުވެ، ޕެނަލްޓީގައި 6-7 އިން މަޓިމޯ ކުރިހޯދައިގެންނެވެ.
ފައިނަލް މެޗުގައި މަޓިމޯގެ ގޯލުތައް ސިރުޙާން އަދި މާއިލް ކާމިޔާބުކޮށްފައިވާއިރު، ފަސްނަންބަރު އެފްސީގެ ގޯލުތައް ކާމިޔާބުކުރީ މަނާލް އާއި ހައިޒަމްއެވެ.

ރޯދަމަހަށް ހާއްސަކޮށް ކުރިޔަށްގެންދިޔަ މިމުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިޔަށް ގޮސްފައިވަނީ މާރިޗު މަހުގެ 5 އިން 10 އަށެވެ.
މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔަކަށް މަޓިމޯގެ މާޒިން ހޮވިފައިވާއިރު، އެންމެ ގިނަ ގޯލުޖެހީ ފަސްނަންބަރު އެފްސީގެ މަނާލްއެވެ. އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައިވަނީ މާޒިން އާއި މަނާލް އާއި ޝައުޤަތު އާއި ޝިޔާޒް އާއި ހައިޒަމްގެ އިތުރުން ކީޕަރަކަށް އާދަމް ވަހީދުއެވެ.   

Ad by Hajj Corporation

Ad by Hajj Corporation

484034618_1165657605346765_2171355337761502940_n.jpg

ކިންގް އޮފް ދަ ޓޯނަމެންޓް

484331708_1165655522013640_2611303701417745062_n.jpg

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން.

 

މިމުބާރާތަކީ ރޯދަމަހުގައި ތޮއްޑޫ ރައްޔިތުންގެމެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިތުޖިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަޤުސަދުގައި ރަށުގެ ޒުވާނުން އިސްނައިގެން ބޭއްވި މުބާރާތެކެވެ. މިއީ މިމުބާރާތުގެ 2 ވަނަ އެޑިޝަންއެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްއެވެ. އަދި މިމުބާރާތުގެ މީޑިއާ ޕާރޓްނަރަކީ މެންދުރު އޮންލައިންއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައިބު ރައީސް، ދިވެހި ގައުމީ ފުޓްސަލް ޓީމަށް ކާމިޔާބީ އަށް އެދިވަޑައިގެންފިޚަބަރު | 20 ދުވަސް ކުރިންއަނިޔާގައި ހުރި ޤައުމީ ފުޓްސަލް ތަރި ހާއްޕެގެ ބޭސްފަރުވާގެ ޚަރަދުތައް ސަރުކާރާއި އެފްއޭއިން ހަމަޖައްސައިދީފިކުޅިވަރު | 4 މަސް ކުރިންކޮލިފައިންގެ ދެވަނަ މެޗުގައި ވެސް ރާއްޖެއަށް ނާކާމިޔާބީކުޅިވަރު | 5 މަސް ކުރިން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްަސަލް ޓީމު ފުރައިފިކުޅިވަރު | 5 މަސް ކުރިން