logo
Bank of Maldives

Bank of Maldives

ޚަބަރު

ޕާޓީގެ ބޭނުމަށް މަޢުލޫމާތު ހޯދަން މެސެޖުކުރާ ވާހަކަ ޕީއެންސީން ދޮގުކޮށްފި

ޕާޓީގެ ބޭނުމަށް މަޢުލޫމާތު ހޯދަން މެސެޖުކުރާ ވާހަކަ ޕީއެންސީން ދޮގުކޮށްފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި އެކިއެކި ފަރާތްތަކުން ޕާޓީގެ ބޭނުމަށް މަޢުލޫމާތުތަކެއް ހޯދުމަށް މެސެޖުތަކެއް ދައުރުކުރަމުންދާ ވާހަކަ ޕީއެންސީން ދޮގުކޮށްފިއެވެ.

ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ ޕާޓީގެ ބޭނުމަށް ރަށްރަށުން މަޢުލޫމާތު ހޯދާނަމަ އެކަން ކުރާނީ ޕާޓިގެ ސްޓިއަރިން ކޮމެޓީތަކަށް މައި އިދާރާއިން، ނުވަތަ ޕާޓީގެ ރަސްމީ ޙައިސިއްޔަތެއް އޮތް ފަރާތަކާއި ގުޅިގެން، ނުވަތަ އެކަމަށް ހާއްސަ ކުރެވިފައިވާ ޕާޓީގެ ރަސްމީ ޗެނަލްތައް މެދިވެރިކޮށް ކަމަށެވެ. އަދި މިގޮތަށް ގުޅާ ގުޅުންތަކުގައި ވެސް ބޭނުންކުރާނީ ޕާޓީގެ ރަސްމީ ނަންބަރުތައް ކަމަށާއި، އެސްއެމްއެސްގެ ޒަރިއްޔާއިން އެއްވެސް މަޢުލޫމާތެއް ހޯދުމަށް ޕާޓީގެ ރަސްމީ އިދާރާއިން ނޭދޭނެ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން މި ބާވަތުގެ މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިގެން ބަލަމުން ގެންދާނެކަމުގެ ޔަޤީންކަން ޕީއެންސީން ވަނީ ދީފައެވެ. އަދި ޕާޓީގެ މެންބަރުންނާއި އާންމު ރައްޔިތުންވެސް އެފަދަ ޞައްޙަ ނޫން މެސެޖުތަކަށް އިޖާބަ ނުދިނުމަށާއި، އެފަދަ މެސެޖެއް ލިބެއްޖެނަމަ ވަގުތުން ޕާޓީގެ ރަސްމީ އިދާރާއަށް އެންގުމަށް ވެސް ޕީއެންސީން ވަނީ އެދިފައެވެ.

މިއާއެކު ޕީއެންސީން ވަނީ ސިޔާސީ ބޭނުމަކަށް އެ ޕާޓީގެ ނަމުގައި ޞައްޙަ ނޫން މެސެޖުތައް ފޮނުވުން ފަދަ ދަށުދަރަޖައިގެ ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެފަދަ ޢަމަލުތައް ކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓުވާލުމަށް ގޮވާލާފައެވެ.

ޕީއެންސީން އަބަދުވެސް މަސައްކަތް ކުރާނީ ތެދުވެރިކަމާއި، އިޚުލާސްތެރިކަމާއިއެކު، ރައްޔިތުންނަށް ޚިދުމަތް ކުރުމަށާއި، އެ ޕާޓީގެ މަޤުސަދަކީ ޤައުމުގެ ލާބައާއި މަންފާއަށް މަސައްކަތްކުރުން ކަމަށް ޕީއެންސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން ވަނީ އެއްބަސްވުމާ ޚިލާފުވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފަ: ޕީއެންސީޚަބަރު | މަހެއް ކުރިންޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލްސާ މިރޭޚަބަރު | މަހެއް ކުރިންފެނަކައިގެ އޮޑިޓުން ފާހަގަވި ކަންކަމުގެ ތަހުގީގު އަވަސްކުރަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފިޚަބަރު | މަހެއް ކުރިންޕީއެންސީގެ ފިސާރި ފޯރިގަދަ ޖަލްސާއެއް ބުދަދުވަހުގެ ރޭ ބާއްވަނީ ޚަބަރު | މަހެއް ކުރިން