logo
ޚަބަރު

އަސްކޮއި ޖަމާއަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ މައްސަލައެއް ބަލަނީ

އާމިނަތު ޝަފާ
13 މާރިޗު 2025 - 08:32
އަސްކޮއި ޖަމާއަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ މައްސަލައެއް ބަލަނީ

އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑުން މީހުން އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަކަމަށްބުނާ މައްސަލަ ބަލަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އަސްކޮއި ގުރޫޕުން ވަނީ ރަމަޟާންމަހުގެ ފަހު ފަނަރަ އާއި ޝައްވާލްމަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމުރާއަށް ދާން އެތައް ބަޔަކު އަތުން ރުފިޔާ ނެގުމަށްފަހު، ޢުމްރާއަށް ނުގެންދެވޭނެކަން ފަހުން އަންގާފައިވާކަމަށާއި ރިފަންޑުވެސް ދީފައި ނުވާކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅޭގޮތުން ވަޒީރު މިއަދު ވިދާޅުވީ އަސްކޮއި ޖަމާޢާތުގެ މައްސަލަ ވަނީ ވުޒާރާގެ ސަމާލުކަމަށް އައިސްފައިކަމަށާއި ކަމާ ބެހޭ ޔުނިޓްގެ ފަރާތުން ދަނީ މައްސަލަ ބަލަމުންކަމަށެވެ.

އަދި އުމްރާއަށް މީހުން ގެންދިއުމުގެ ޤަވާޢިދާ ޚިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށައި މިފަހުން ވެސް ޖަމާޢަތްތަކެއްގެ ހުއްދަ ބާޠިލުކޮށް ފިޔަވަޅުއަޅާފައިވާނެކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

އުމްރާއަށް މީހުން ގެންދިއުމާ ބެހޭގޮތުން އެކުލަވާލާފައިވާ އުސޫލާ ހިލާފަށް އަމަލުކޮށްފައިވާ ބައެއް ކުންފުނިތަކަށް ޖަނަވަރީމަހުގެ ތެރޭގައިވެސް ވަނީ ފިޔަވަޅު އަޅާފައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ބުދައިރު، ވަޒީރު ޑރ. ޝަހީމްއާ ބައްދަލު ކުރައްވައިފިޚަބަރު | 4 މަސް ކުރިންހުޅުމާލެ އަޒީޒާ މިސްކިތުގެ އިމާމުކަން ޙަވާލުކޮށްފައިވާ ފަރާތާއި ބަދަލުގައި ހަމަ ޖައްސާފައިވާ ފަރާތް ސަސްޕެންޑްކޮށްފި ޚަބަރު | 5 މަސް ކުރިން ފަގީރުންނަށް ޒަކާތު ފައިސާ ޖަމާކޮށްފި، 5 ލައްކަ ރުފިޔާ ޣައްޒާގެ ކުޑަކުދިންނަށްޚަބަރު | 5 މަސް ކުރިންއަސްކޮއި ޖަމާއަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ މައްސަލައެއް ބަލަނީ ޚަބަރު | 6 މަސް ކުރިން