logoEN
ޚަބަރު

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް އަރީޝް އިންތިޚާބުކޮށްފި

އާމިނަތު ސަފާއާމިނަތު ސަފާ

16 މާރިޗު 2025 - 06:44

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަރީޝް އިންތިޚާބުކޮށްފިއެވެ.

ޑެޕިއުޓީ މޭޔަރު ހޮވުމަށް މާލެ ސިޓީ ކައުންސިލުން ބޭއްވި އިންތިޚާބުގައި މެމްބަރު މުޙައްމަދު އަރީޝް، ޑެޕިއުޓީ މޭޔަރު ކަމަށް އިންތިޚާބު ކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 16 މެމްބަރުންގެ ފުރިހަމަ އަޣްލަބިއްޔަތުންނެވެ.

ޑެޕިއުޓީ މޭޔަރު ކަމުގެ މަޤާމަށް މެމްބަރު އަރީޝްގެ އިތުރުން އެހެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައެއް ނުއެވެ. އެހެން ކަމުން ޑެޕިއުޓީ މޭޔަރު އައްޔަން ކޮށްފައިވަނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

މިއީ ޑެޕިއުޓީ މޭޔަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ނަރީޝް މާރިޗް މަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވުނު އިންތިޚާބެކެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު ކަމުންނާއި ކައުންސިލް މެމްބަރުކަމުން ނަރީޝް އިސްތިއުފާ ދެއްވީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ކޮމެންޓް

871x217_placeholder