logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވިދިވިދިގެން 12 ވަނަ ފަހަރަށް ޕީއެސްޖީ ލީގު ނެގުމާއި ގާތަށް

އަބްދުﷲ ޣާނިމް
17 މާރިޗު 2025 - 10:12
ޑެމްބެލޭ ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ޕީއެސްޖީ
ޑެމްބެލޭ ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ޕީއެސްޖީ

ފްރެންޗް ލީގް 1 ގައި ރޭގައި ތާވަލުގެ ދެވަނައިގައި އޮތް އޮލިމްޕިކް މާސޭ އާ 3-1 އިން ބަލިކޮށް، ޕީއެސްޖީ ވިދިވިދިގެން 12 ވަނަ ފަހަރަށް ލީގު ނެގުމާއި ގާތާށް ޖެހިލައިފިިއެވެ.

ރޭގެ މޮޅާއެކު،ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވާ ޕީއެސްޖީ ވަނީ 26 މެޗުން 68 ޕޮއިންޓް ހޯދައި، ދެވަނައިގައިވާ މާސޭ އާ ދެމެދު 19 ޕޮއިންޓުގެ ފަރަގެއް ގާއިމުކޮށްފައެވެ. މާސޭ އަށް މިހާތަނަށް ލިބިފައިވަނީ 49 ޕޮއިންޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕާކް ޑޭ ޕްރިންސަސްގައި ކުޅުނު މެޗުގައި ޕީއެސްޖީ އަށް ފުރަތަމަ ލަނޑު ޖެހީ އޮސްމާނޭ ޑެމްބެލޭ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޫނޯ މެންޑޭސް ވަނީ އިތުރު ލަނޑެއް ޖަހައި ޕީއެސްޖީގެ ލީޑު ދެ ލަނޑަށް އިތުރުކޮށްފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު މާސޭގެ އަމީން ގުއީރީ ވަނީ އެ ޓީމަށް އުއްމީދީ ލަނޑެއް ހޯދައިދީފައެވެ. ނަމަވެސް މާސޭގެ ޕޯލް ލިރޯލާގެ އަތުން ބައިކޮޅަށް ގޯލެއްވަދެ، ޕީއެސްޖީގެ ލީޑު އަލުން ދެ ލަނޑަށް އިތުރުވިއެވެ.

ލީގު ކަށަވަރުކުރުމަށް ޕީއެސްޖީ އަށް ބާކީ އޮތް 8 މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކުރުން ފުދޭނެއެވެ. އެ ޓީމުގެ ކުރިއަށް އޮތް މެޗަކީ މި މަހުގެ 29 ވަނަ ދުވަހު ސެއިންޓް އެޓިއެންއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ފްރާންސްގެ ލީގު 1 ގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުން ހަކީމީ އުނިކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިންޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި ލިވަޕޫލް ބަލިކޮށް ޕީއެސްޖީން ސެމީ ފައިނަލާ ގާތަށް ޖެހިލައިފިކުޅިވަރު | 2 ދުވަސް ކުރިންޔޫރަޕުގެ ޗެންޕިއަން ޕީއެސްޖީއިން ވޯލްޑް ޗެންޕިއަން ޗެސްލީ ހުތުރު ގޮތަކަށް ޔޫރަޕުން ބޭރުކޮށްލައިފިކުޅިވަރު | 24 ދުވަސް ކުރިންކުލަބް ވޯލްޑްކަޕްގެ ބަދަލުހިފައި ދެވަނަ ލެގުގެ ކުރިން ޕީއެސްޖީއަށް ބޮޑު މޮޅެއްކުޅިވަރު | މަހެއް ކުރިން