logo
ޚަބަރު

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް 22 ވަނަ ދުވަހުން ފެށިގެން ހުޅުވާލަނީ

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް 22 ވަނަ ދުވަހުން ފެށިގެން ހުޅުވާލަނީ

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި ފުރުސަތު އެ ވުޒާރާއިން ހުޅުވާލައިފައިވަނީ މަހުގެ 22 ވާ ހޮނިހިރު ދުވަހުން ފެށިގެން، 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފިޠުރުޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.

މާލެ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލުގެ ސަލާޙުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލް ހޯލު) ގައެވެ. ގޮވާމުން ފިޠުރު ޒަކާތް ދެއްކުމަށް ވަޑައިގަންނަވާ ބޭފުޅުން ބޭނުން ކުރައްވާނެ ގޭޓަކީ، ކުރީގެ ދަރުމަވަންތަ ސްކޫލުގެ (އަމީރު އަޙްމަދު މަގުގައިވާ) މައި ގޭޓެވެ. ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް، މެންދުރު 13:00 އިން ހަވީރު 16:00 އަށެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތައް:

1.އާދައިގެ ހަނޑޫ

2.ތައިލެންޑް ހަނޑޫ

3.ބާސްމަތީ ހަނޑޫ

4.ރަތް ހަނޑޫ

5.ގޮދަން ފުށް

6.އާޓާ ފުށް

ޒަކާތު ހައުސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަހުގައި ފައިސާއިން ފިތުރު ޒަކާތުގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ލިބިފައިއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 81.25 އިންސައްތަ އިތުރު އަދަދެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 7.6 މިލިއަން ރުފިޔާ ބަލައިގެންފިޚަބަރު | 5 މަސް ކުރިންގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް 22 ވަނަ ދުވަހުން ފެށިގެން ހުޅުވާލަނީޚަބަރު | 6 މަސް ކުރިންއޮންލައިންކޮށް 5 ގޮތަކަށް ފިތުރު ޒަކާތް ދެއްކޭނެ ޚަބަރު | 6 މަސް ކުރިންމިދިޔަ މަހު ޒަކާތުގެ ގޮތުގައި 5.3 މިލިއަން، މިއީ މިދިޔަ އަހަރަށްވުރެ 2 މިލިއަން އިތުރު އަދަދެއްޚަބަރު | 7 މަސް ކުރިން