logo
Bank of Maldives

Bank of Maldives

ޚަބަރު

ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 7.6 މިލިއަން ރުފިޔާ ބަލައިގެންފި

އަޙްމަދު ޒަލީފް
24 މާރިޗު 2025 - 16:59
ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 7.6 މިލިއަން ރުފިޔާ ބަލައިގެންފި

މި ރަމަޟާން މަހުގެ ފުރަތަމަ ވިހި ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ފުރަތަމަ 20 ދުވަހުން ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ހާމަކޮށްފައިވާއިރު ފަހު 10 ގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އިއްޔެއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށެވެ.1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނީ 27 ރަމަޟާން ވަނަ ދުވަހުގެ ހެނދުނު 6:00 ގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރުޒަކާތް ދެއްކޭނެއެވެ.

މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގައި އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 7،623،214ރ. ބަލައިގެންފައިވެއެވެ.

ޒަކާތު ހައުސިން އިން ބުނީ މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ނަގުދު ފައިސާ އިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 7.6 މިލިއަން ރުފިޔާ ބަލައިގެންފިޚަބަރު | 7 މަސް ކުރިންގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް 22 ވަނަ ދުވަހުން ފެށިގެން ހުޅުވާލަނީޚަބަރު | 7 މަސް ކުރިންއޮންލައިންކޮށް 5 ގޮތަކަށް ފިތުރު ޒަކާތް ދެއްކޭނެ ޚަބަރު | 8 މަސް ކުރިން