logo
E-Platinum
ކުޅިވަރު

އަނިޔާވެ މެސީ އަށް ބްރެޒިލް އާއި އުރުގުއޭ މެޗު ގެއްލިއްޖެ

އަބްދުﷲ ޣާނިމް
18 މާރިޗު 2025 - 06:10
މެސީ އަށް ވަނީ އަނިޔާގެ މައްސަލަތަކާހެދި އިންޓަރނޭޝަނަލް ބްރޭކްގައި ކުޅޭ 2 މެޗު ގެއްލިފައި.
މެސީ އަށް ވަނީ އަނިޔާގެ މައްސަލަތަކާހެދި އިންޓަރނޭޝަނަލް ބްރޭކްގައި ކުޅޭ 2 މެޗު ގެއްލިފައި.

ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއޭ އާއި ބްރެޒިލްއާ ދެކޮޅަށް ކުޅެން އޮތް މުހިންމު ދެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ނުކުޅެވޭނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ހާމަކޮށްފިއެވެ.

އުމުރުން 37 އަހަރުގެ މެސީ އަށް އަނިޔާވެފައިވަނީ މޭޖާ ލީގު ސޮކާގައި އިންޓަރ މިއާމީ އިން އެޓްލާންޓާ ޔުނައިޓެޑް އާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މި އަނިޔާއަކީ މަސަލް އިންޖަރީއެއް ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފައިވީ ނަމަވެސް، އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އިއްޔެ އިއުލާނުކުރި 25 ކުޅުންތެރިންގެ ސްކޮޑުން މެސީ އަށް ޖާގައެއް ނުލިބެއެވެ. އާޖެންޓީނާ އިން އެންމެ ފުރަތަމަ ކުޅޭނީ މި މަހުގެ 22 ވަނަ ދުވަހު ރަށުން ބޭރުގައި އުރުގުއޭ އާ ދެކޮޅަށެވެ. އަދި އޭގެ ހަތަރު ދުވަސް ފަހުން އަމިއްލަ ދަނޑުގައި ވާދަވެރި ބްރެޒިލް އާ ދެކޮޅަށް ކުޅޭނެއެވެ.

މިހާތަނަށް ކުޅުނު 12 މެޗުން 25 ޕޮއިންޓާއެކު އާޖެންޓީނާ ވަނީ ގްރޫޕްގެ އެއްވަނައިގައެވެ. ދެވަނައިގައިވާ އުރުގުއޭ އަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. އެކުއޭޑޯ އާއި ކޮލަމްބިއާ އަށް 19 ޕޮއިންޓް ލިބިފައިވާއިރު، ބްރެޒިލް އޮތީ 18 ޕޮއިންޓާއެކު ފަސްވަނައިގައެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީ އާއި ޖޯޑީ އަލްބާ ސަސްޕެންޑްކޮށްފިކުޅިވަރު | 6 ދުވަސް ކުރިންމެސީގެ ފަނޑުވުމެއްނެތް ޖާދޫވި ކުޅުމާއެކު އިންޓަރ މަޔާމީއަށް އިތުރު މޮޅެއްކުޅިވަރު | 12 ދުވަސް ކުރިންޖާދޫ ފަނޑުނުވާ އަބަދަށްފެހި މެސީގެ ހިލޭޖެހުންތަކުން އަދިވެސް އާޝޯޙުވާވަރުވޭ، މެސީގެ ރެކޯޑްތަކާއެކު މަޔާމީ ކުރިޔަށްކުޅިވަރު | 19 ދުވަސް ކުރިންވަލުދޮރޯށިން ވޯލްޑްކަޕަށްގެނައި މެސީއާއި މަޔާމީ އިންފަޏްޓީނޯއަށް ސަލާމަތްކޮށްނުދެވުނުކުޅިވަރު | މަހެއް ކުރިން