logo
Bank of Maldives

Bank of Maldives

ޚަބަރު

އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން 1,300 ދަރިވަރުން އެދިއްޖެ

އާމިނަތު ޝަފާ
18 މާރިޗު 2025 - 06:17
އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން 1,300 ދަރިވަރުން އެދިއްޖެ

އަންނަ ދިރާސީ އާ އަހަރު، އެއް ސްކޫލުން އަނެއް ސްކޫލުން ބަދަލުވާން 1,300 ދަރިވަރުން އެދިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލި މުއްދަތު ހަމަވީ މާރޗް ހަ ވަނަ ދުވަހަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އެޑިޔުކޭޝަން މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ މުފީދު ވިދާޅުވީ، 1,300 ދަރިވަރުންނަކީ މުޅި ރާއްޖޭގައި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން އެދިފައިވާ އަދަދު ކަމަށާއި އިއުލާން ކުރި ތާރީޚުގެ ފަހުން ވެސް ސްކޫލްތައް ބަދަލުކުރަން އެދެމުންދާ ކަމަށެވެ.

މުފީދު ވިދާޅުވި ގޮތުގައި، އެންމެ ބާރުބޮޑުކަން ދަނީ މާލެ ސަރަހައްދުގެ ސްކޫލްތަކަށެވެ. މިހާތަނަށް މާލެ ހިމެނޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން 700 ދަރިވަރުން އެދިފައިވެއެވެ.

މުފީދު ވިދާޅުވީ، ސަރުކާރު ބަންދު ވުމުގެ ކުރިން މިހާތަނަށް ހުށައަޅާފައިވާ އެޕްލިކޭޝަން ތަކަށް ޖަވާބުދީ ނިންމާނެ ކަމަށެވެ.

އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލީ ރަށްރަށުގެ ސްކޫލްތަކަށާއި ސިޓީ ތަކުގައި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާށެވެ. އެ ސްކޫލްތަކަށް ބަދަލުވާން ހުށައަޅަން ޖެހެނީ ފޯމެއް މެދުވެރިކޮށެވެ. މާލެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން އެދޭ ދަރިވަރުން އެކަން އަންގަން ޖެހެނީ އެޑިޔުކޭޝަން މިނިސްޓްރީއަށް ސިޓީއަކުންނެވެ.

މުފީދު ވިދާޅުވި ގޮތުގައި، މާލެ އޭރިޔާގެ ސްކޫލްތަކަށް ވަންނަން އެދޭ ދަރިވަރުން އިތުރުވަމުން އަންނައިރު ވަކި ސްކޫލްތަކަށް ވަންނަން ބައެއް ބެލެނިވެރިން އެދެމުން ދެއެވެ. އެހެން ނަމަވެސް ޖާގަ ހުރި ގޮތަށް ބަލައި، ދަރިވަރުން ކިޔަވާނެ ސްކޫލެއް ކަނޑައަޅަނީ އެ ދަރިވަރަކު ދިރިއުޅޭ ސަރަހައްދާ އެންމެ ކައިރި ސަރަހައްދެއްގައި ހުންނަ ސްކޫލަކުންނެވެ.

މުފީދު ވިދާޅުވީ، އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން ޖެހޭ މައިގަނޑު ސަބަބެއް ކަމަށް ފާހަގަކުރެވެނީ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލުތަކުން ކަމަށާއި އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ބަދަލުވާން އެދޭ ފަރާތްތަކަށް ބަލާއިރު ގިނަ މީހުން އެދެނީ ސިޓީތަކުގައި ހުންނަ ސްކޫލްތަކަށް ބަދަލުވާށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ޝިފާޒު މުޙައްމަދު ވިދާޅުވީ، މާލެ ހިމެނޭ ސަރަހައްދުގައި އިތުރު ސްކޫލްތައް އެޅުމާއި މިހާރު ހުރި ސްކޫލްތަކަށް ޖާގަ އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. ދިރާސީ އާ އަހަރު ފެށޭއިރު ހުޅުމާލެ ފޭސް1ގެ ސްކޫލަކަށް ޖާގަ އިތުރު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އަހަރުގެ ތެރޭގައި ދެ ސްކޫލެއް ހުޅުމާލޭގައި އަޅަން ނިންމާފައިޥާ ކަމަށާއި އޭގެ ތެރެއިން އެއް ސްކޫލެއްގެ ކިޔެވުން 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝަހީދު ޢަލީ ސްކޫލަށް ބަދަލުވާ ދަރިވަރުން ލަސްނުކޮށް ފޯމް ހުށައެޅުމަށް އިލްތިމާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިން11އަށް ވަންނަ ކުދިންގެ އަދަދަށް ބަލައި ސީއެޗްއެސްއީގައި 2 ދަންފަޅިއަށް ކިޔަވައިދެނީޚަބަރު | 2 މަސް ކުރިންދަރިވަރުންގެ ހާޒިރީ ރިކޯޑް ކުރުމަށް ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް އެޓެންޑެންސް ސިސްޓަމެއްޚަބަރު | 5 މަސް ކުރިންކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް މާލޭގެ 5 ސަރަހައްދެއްގައިޚަބަރު | 6 މަސް ކުރިން