logo
Bank of Maldives

Bank of Maldives

ޚަބަރު

ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދޭ ޕްރޮގްރާމަށް ފުރުސަތު ހުޅުވާލައިފި

އާމިނަތު ޝަފާ
18 މާރިޗު 2025 - 06:51
ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދޭ ޕްރޮގްރާމަށް ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ( އެމް. އެމް. އާރ. އައި) އިން ކުރިއަަށް ގެންދާ ފަރުމަސް އާލާކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރި އިއުލާނުގައިވާގޮތުން ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މިދާއިރާއިން މީހުން ބިނާކުރުމުގެ މަޤްސަދުގައި   މި އަހަރު ހިންގާ ފުރަތަމަ ކޯސް އަންނަ މަހުގެ 26 އިން މެއި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 14 ދުވަހުގެ ކޯހެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކޯހަކީ 15 ފަރާތަކަށް އަމާޒުކޮށް، ކ. މަނިޔަފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މިކޯހަކީ އަސާސީ މެރިކަލްޗަރ ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ ކޯހެކެވެ.

ވީމާ، މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޭޕްރިލް 2025 ވަނަ ދުވަހުގެ  14.00ގެ ކުރިން ފޯމް ހުށަހަޅަމުންގެންދިއުމަށާއި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

 ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށީގައެވެ.

ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްކުން ނަންބަރު 3322242، 9555373 ފޯނަށް ގުޅުއްވުން އެދޭކަމަށްވެސް ވުޒާރާއިން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރި އުޅަނދުތައް އަޕްގްރޭޑް ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު މަޝްވަރާކޮށްފިޚަބަރު | 7 ދުވަސް ކުރިންއެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ޗައިނާ ކުންފުންޏަކާއެކު ސޮއިކޮށްފިޚަބަރު | 9 ދުވަސް ކުރިންޒުވާން މަސްވެރިން އުފައްދަން ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 14 ދުވަސް ކުރިންސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓުން އިސްނަގައިގެން 'ކެޕޭސިޓީ ބިލްޑިންގ' ޕްރޮގްރާމެއް ފަށައިފިޚަބަރު | މަހެއް ކުރިން