ސްޓެލްކޯ ބަލިކޮށް ޕޮލިހުން ސެމީގެ އުއްމީދުއާކޮށްފި

އިއްޔެ ސްޓެލްކޯ އާއި ޕޮލިސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އެފް.އޭ.އެމް

19 މާރިޗު 2025 - 06:12
އެފްއޭއެމް ވެޓެރަންސް ލީގު 2025 ގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޕޮލިސް ކުލަބުން ވަނީ ސްޓެލްކޯ ރެކްރިއޭޝަން 4-1 އިން ބަލިކޮށް، ސެމީ ފައިނަލްގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
މާފަންނު ޓާފް ދަނޑުގައި ކުޅުނު މި މެޗުގައި ޕޮލިސް ކުލަބުގެ ތަރި ކުޅުންތެރިޔާ އާޔަތުﷲ އިބްރާހިމް ވަނީ ހެޓްރިކެއް ހަދާ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ޕޮލިސް ކުލަބުގެ އަނެއް ލަނޑު ޖަހައިދިނީ އަޙްމަދު ޝާހިދެވެ. ސްޓެލްކޯގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު ނަޒާފްއެވެ.
މި މެޗުގެ ނަތީޖާއާއެކު ޕޮލިސް ކުލަބުން ވަނީ ހަ ޕޮއިންޓާއެކު ގްރޫޕް ބީގެ ދެވަނަ ހޯދާފައެވެ. ސްޓެލްކޯއަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުގެ ހުރިހާ މެޗެއް ވަނީ ނިމިފައެވެ. ނަމަވެސް ޕޮލިސް ކުލަބަށް އަދިވެސް އެއް މެޗު ބާކީ އޮތުމުން ސެމީ ފައިނަލްގެ ފުރުސަތު އެބައޮތެވެ.
މި ވަގުތު ގްރޫޕް ބީގެ އެއްވަނައިގައި އޮތީ ހަތް ޕޮއިންޓާއެކު މުއިވެޔޮ ފްރެންޑްސްއެވެ. ޕޮލިސް ކުލަބުގެ އެންމެ ފަހު މެޗު އޮންނާނީ މުއިވެޔޮއާ ދެކޮޅަށެވެ. މި ގްރޫޕުގެ ހަތަރުވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށްވެސް އަދި ސެމީ ފައިނަލްގެ ފުރުސަތު އެބައޮތެވެ.
ޕޮލިސް ކުލަބަށް ސެމީ ފައިނަލަށް ދެވޭނީ މުއިވެޔޮއާ ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވިއްޖެ ނަމައެވެ. އަދި ދަ ގްރާންޑޭއިން ގްރޫޕުގެ ފުލުގައި އޮތް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ، އެ ޓީމަށްވެސް ހަތް ޕޮއިންޓް ހަމަކުރެވި ސެމީ ފައިނަލްގެ ފުރުސަތު ލިބޭނެއެވެ.
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ދިވެހި ފުޓްބޯޅަ ސީޒަން ފެބުރުވަރީމަހުގައި ފަށަނީ
4 މަސް ކުރިން
އެފް.އޭ.އެމް ގެ ނޯމަލައޮޒިން ކޮމިޓީގެ ކުޑަކޮށް، ޗެއަރ އަކަށް މުޢިއްޒު
3 މަސް ކުރިން
މާޒިޔާ ދެވަނަ މޮޅު ހޯދިއިރު، އީގަލްސް އަށް ފުރަތަމަ މޮޅު
3 މަސް ކުރިން