logo
Bank of Maldives

Bank of Maldives

ދުނިޔެ

24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
19 މާރިޗު 2025 - 08:13
ޣައްޒާގައި މީހަކު ކުޑަކުއްޖަކު އުރާލައިގެން -- ފޮޓޯ: އޭޕީ
ޣައްޒާގައި މީހަކު ކުޑަކުއްޖަކު އުރާލައިގެން -- ފޮޓޯ: އޭޕީ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނިރުބަވެރި ޔަހޫދީ ދައުލަތް، އިޒްރޭލުން ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް ޢަމާޒުކޮށް އަޅަމުންދާ ބޮންތަކުގައި 400 އަށް ވުރެ ގިނަ މީހަކު ޝަހީދުވެއްޖެއެވެ.

ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ގަސްތުގައި ޚިލާފުވެ، ޣައްޒާގެ ރައްޔިތުންގެ ޓެންޓުތަކަށް އަމާޒުކޮށް އިޒްރޭލުން އަނެއްކާ ވެސް ބޮންތައް އަޅަން ފަށާފައިވަނީ ހޯމަ ދުވަހުގެ ރެއިން ފެށިގެންނެވެ. އެގޮތުން ބާރުގަދަ އެ ޙަމަލާތަކުގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވާއިރު، 600 އަށް ވުރެ ގިނަ މީހުން ވަނީ ޒަޙަމްވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޙަމަލާތައް އަމާޒުވި މީހުންގެ ތެރެއިން ގިނައީ ކުށެއް ނެތް މައުސޫމް ކުޑަކުދިންނާއި އަންހެނުންނެވެ.

އެ ޙަމަލާތަކާ ގުޅޭ ގޮތުން ނިރުބަވެރި ޔަހޫދީ ދައުލަތުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، އެ ޙަމަލާތަކަކީ ކުރިއަށް ދޭން ހުރި ޙަމަލާތަކުގެ ފެށުން ކަމުގައި ބުނެފައެވެ.

އަދި މީގެ ފަހުން، ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޤަތުލްޢާންމު ހުއްޓާނުލާނެ ކަމުގެ އިންޒާރުދެމުން އޭނާ ވަނީ، ޙަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ވެސް ކުރެވޭނީ ޙަމަލާތަކުގެ ތެރޭގައި ކަމުގައި ބުނެފައެވެ.

ޣައްޒާއަށް އަމާޒުކޮށް އިޒްރޭލުން ޙަމަލާތައް ދޭން އަނެއްކާ ވެސް ފަށާފައިވާއިރު، އެ ޙަމަލާތައް ދޭން ނިރުބަވެރި ދައުލަތުން ފަށާފައިވަނީ އެމީހުންގެ އެންމެ މަދަދުވެރި އެމެރިކާގެ އެހީއާއެކުއެވެ. އެގޮތުން މި ޙަމަލާތައް ފެށުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް، އެގައުމުގެ މަޖިލީހުގެ ހުއްދައާ ނުލައި 4 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު އިޒްރޭލަށް ފޮނުވާފައިވާއިރު، އިތުރު 12 ބިލިއަން ޑޮލަރުގެ ހަތިޔާރު އިޒްރޭލަށް ފޮނުވުމުގެ މަސައްކަތް މިހާރު ވެސް އެމެރިކާއިން ދަނީ ކުރަމުންނެވެ.

ޓްރަމްޕް ވިދާޅުވާ ގޮތުގައި އެ ހަތިޔާރުތައް އިޒްރޭލަށް ފޮނުވަނީ، އިޒްރޭލުން ފެށި މަސައްކަތް އަވަހަށް ނިންމުމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގެ ހުށަހެޅުންތަކާ މެދު އަހަރެން ހިތްހަމައެއް ނުޖެހޭ: ޓްރަމްޕްދުނިޔެ | 3 ގަޑިއިރު ކުރިންރާއްޖޭގެ ގޮވާލުމެއް: ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބަޢަވަންދެން ޔަހޫދީ ދައުލަތަށް ފިޔަވަޅު އަޅާ!ޚަބަރު | 2 މަސް ކުރިންމެދުއިރުމަތި: ޣައްޒާ ކާބޯތަކެއްޗާއި ބޭހަށްޖެހުމުގެ ތުންފަތްމަތީގައިދުނިޔެ | 2 މަސް ކުރިންބޮޑު ދެގެރީގެ ތަޅާފޮޅުމުގައި ބެދި، ޣައްޒާއަށް މުދާ އެތެރެކުރުން ހުއްޓުމަކަށް!ދުނިޔެ | 2 މަސް ކުރިން