logo
Bank of Maldives

Bank of Maldives

ޚަބަރު

ދިރާސީ އާ އަހަރު ގުރޭޑް 1ގައި 5,700 ދަރިވަރުން ކިޔަވާނެ

އާމިނަތު ޝަފާ
20 މާރިޗު 2025 - 06:31
ދިރާސީ އާ އަހަރު ގުރޭޑް 1ގައި 5,700 ދަރިވަރުން ކިޔަވާނެ

ދިރާސީ އާ އަހަރު ގުރޭޑް 1ގައި ކިޔަވަން ފަށާ ދަރިވަރުންގެ އަދަދު 5,700 އަށްވުރެ އިތުރުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ޝިފާޒު މުޙައްމަދު ވިދާޅުވީ، މާލެ ހިމެނޭ ސަރަހައްދުގެ ސްކޫލްތަކުގެ ގުރޭޑް އެކަކުން ޖާގަ ދިން ކުދިންގެ އަދަދު މިހާރު ވެސް 2,200ން މައްޗަށް ގޮސްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ވިދާޅުވި ގޮތުގައި، ސްކޫލްތަކުން ޖާގަ ހޯދުމުގައި އެންމެ ބޮޑު ޑިމާންޑެއް އޮތީ މާލެއާއި ހުޅުމާލޭގެ ސްކޫލްތަކަށެވެ. އެއީ އެ ސަރަހައްދަށް ގިނަ އާއިލާތަކެއް ދިރިއުޅުން ބަދަލުވަމުންދާތީއެވެ. ހުޅުމާލޭގެ އާބާދީއަށް ބަލާއިރު، ސްކޫލްތަކުން ޖާގަ ހަމަޖެއްސުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް އިސްކަން ދެނީ އެ ދަރިވަރަކު ދިރިއުޅޭ ސަރަހައްދެއްގައި ހުރި ސްކޫލަކުން ޖާގަ ހަމަޖައްސަން ކަމަށް ޝިފާޒު ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސޓްރީން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، 1,300 އެއްހާ ދަރިވަރުން މިހާރު ވެސް އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން ހުށައަޅާފައިވެއެވެ. އޭގެތެރެއިން 700 ދަރިވަރުންނަކީ މާލެ ހިމެނޭ ސްކޫލްތަކަށް ބަދަލުވާން އެދި ހުށައެޅި ދަރިވަރުންނެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިހާން މުހިންމު: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންޝަހީދު ޢަލީ ސްކޫލަށް ބަދަލުވާ ދަރިވަރުން ލަސްނުކޮށް ފޯމް ހުށައެޅުމަށް އިލްތިމާސްކޮށްފިޚަބަރު | އަހަރެއް ކުރިން11އަށް ވަންނަ ކުދިންގެ އަދަދަށް ބަލައި ސީއެޗްއެސްއީގައި 2 ދަންފަޅިއަށް ކިޔަވައިދެނީޚަބަރު | އަހަރެއް ކުރިންދަރިވަރުންގެ ހާޒިރީ ރިކޯޑް ކުރުމަށް ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް އެޓެންޑެންސް ސިސްޓަމެއްޚަބަރު | އަހަރެއް ކުރިން