ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ބެލުމަށް ކޮންމެ ރަށަކުންވެސް ކޮމިޓީއެއް އެކުލަވާލަނީ


20 މާރިޗު 2025 - 10:08
55 ކައުންސިލް މަޝްރޫޢުގެ މަސައްކަތްކުރެވޭ އިރު ރަށު ފެންވަރުގައި އެކުލަވައިލެވިފައި އޮންނަ މޮނިޓަރިން ކޮމިޓީއެއް އެ ރަށްރަށުގައި އޮންނާނެ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށްގެން ޕަބްލިކް ވާރކްސް ޑިޕާޓްމެންޓުގައި ރޭ ބޭއްވި ޚާއްޞަ ތަރާވީޙުގައި ވުޒާރާއިން ކުރިއަށް ގެންދާ 55 ކައުންސިލް މަޝްރޫޢާއި، ފެރީޓާމިނަލްތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ މަސައްކަތުގެ އަދާހަމަ، ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އެޅުމަށް ހަމަޖެހިފައިވާ، 55 ކައުންސިލް އިދާރާގެ ތެރެއިން މިހާރު ބިންގާ އެޅިފައިވާ 13 ތަނުގެ ސިވިލް ވާރކް މަސައްކަތްތައް ފެށުމާ ގުޅޭ ގޮތުން ބަދަލުކުރަންޖެހޭ ލިޔުންތައް އެ ފަރާތްތަކަށް މިހާރު ފޮނުވަން ފަށައިފައިވާ ކަމަށެވެ. އަދި އެ ތަންތަނުގެ މަސައްކަތް ކުރާނެ ފަރާތެއް ކައުންސިލްތައް މެދުވެރިކޮށް ހޯދުމަށް ފަހު، ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި މި 55 ކައުންސިލްގެ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ނިމޭނެ ކަމަށެވެ.
ވަޒީރު ރޭ ދެއްކެވި ވާހަކަފުޅުގައި 55 ކައުންސިލް މަޝްރޫޢުގެ މަސައްކަތް ކައުންސިލްތައް މެދުވެރިކޮށް އެ ރަށަކުން ބަޔަކު ހޯދާ، މަސައްކަތްކުރުމުގެ ޙަޤީޤީ ބޭނުމަކީީ، އެ ކަންކަމުގައި ކައުންސިލްތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ރަށެއްގެ ރައްޔިތުންނަށް އިޤްތިޞާދީ މަންފާ ހޯދައިދިނުމަށް ކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތްކުރެވޭ އިރު ރަށު ފެންވަރުގައި އެކުލަވައިލެވިފައި އޮންނަ މޮނިޓަރެއް ކޮމިޓީއެއް ވެސް އެ ރަށްރަށުގައި އޮންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ހއ، ހދ. އަދި ށ. އަތޮޅުގައި ހެދިފައިވާ ފެރީ ޓާމިނަލްތަކާއި، ސްޕޮޓްތައް ކައުންސިލްތަކާ ޙަވާލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަފްޞީލް ވެސް ދެއްވިއެވެ. ވަޒީރު ވިދާޅުވީ އެ ތަންތަން ޙަވާލުކުރުމަށް ވުޒާރާއާ، ކައުންސިލްތަކާ ދެމެދު ވެވޭ ފަހުމުނާމާތައް މިހާރު ފޮނުވިފައިވާ ކަމަށެވެ. އެ ފަހުމުނާމާތަކުގައި ސޮއިކުރެވި އަދި އެ ތަންތަނުގައި ކުރަން ހުރި މަރާމާތުތައް ނިމުމުން، އެ ތަންތަނުގެ ޚިދުމަތް ރައްޔިތުންނަށް ކައުންސިލްތައް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ފެރީ ޓާމިނަލް ނޭޅި ހުރި ދިހަވަރަކަށް ރަށުގެ ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ވާހަކަދައިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް، ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.
ރޭ ބޭއްވުނު މި ޚާއްޞަ ތަރާވީހުގައި ވުޒާރާގެ ގިނަ ޢަދަދެއްގެ ދޭސީ އަދި ބިދޭސީ މުވައްޒަފުން ވެސް ބައިވެރިވެލެއްވިއެވެ.
އިތުރު ލިޔުންތައް

ކުޅުދުއްފުށީގެ އައު ބޮޑުމަގުގައި ސިޓީތަކާއި އިދާރީ ދާއިރާތަކާއިބެހޭ ވުޒާރާއިން ގަސް އިންދައިފި
7 މަސް ކުރިން
ލޯކަލް ގަވަރނަންސް މިނިސްޓްރީގެ ޕީއެސް އަކަށް ޑރ މުނާ
7 މަސް ކުރިން
ގާނޫނަށް ގެނެވޭ ބަދަލުތަކާ އެކީ ކައުންސިލްތަކަށް ބަޖެޓް ބޮޑުކޮށްދޭނެ: ފަތުހީ
6 މަސް ކުރިން