logoEN
ކުޅިވަރު

ޔުއޭފާ ނޭޝަންސްލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި ހޮލެންޑާއި ސްޕެއިން އެއްވަރުވެއްޖެ

ރޭގައި ކުޅެވުނު ކުއާޓަރ ފައިނަލް މެޗުގެ ތެރެއިން. ފޮޓޯ: ބީބީސީ

ރޭގައި ކުޅެވުނު ކުއާޓަރ ފައިނަލް މެޗުގެ ތެރެއިން. ފޮޓޯ: ބީބީސީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

21 މާރިޗު 2025 - 01:44

ޔުއޭފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި ހޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި މިކޭލް މެރީނޯ ޖެހިގޯލާއެކު ސްޕެއިން އާއި އެއްވަރުވެއްޖެއެވެ. މިމެޗުނިމުނީ 2-2 އިންނެވެ. މި މެޗު ކުޅުނީ ހޮލެންޑުގެ ޑި ކުއިޕް ސްޓޭޑިއަމްގައެވެ.

ޔޫރަޕިއަން އަދި ނޭޝަންސް ލީގު ޗެމްޕިއަންސް ސްޕެއިންއަށް މެޗުގެ ކުރީކޮޅު ލީޑު ނެގީ ޕެޑްރީގެ އެސިސްޓާއެކު ނިކޯ ވިލިއަމްސްގެ ގޯލަކުންނެވެ.

ނަމަވެސް މެޗުގެ 28 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ވަނީ ހޮލެންޑަށް ގޯލެއް ޖަހައިދީ ނަތީޖާ ހަމަހަމަށްދީފައެވެ. މިގޯލާއެކު ހޮލެންޑުގެ ކުޅުން އިތުރަށް ވަރުގަދަވެގެންދިޔައެވެ. އަދި ދެވަނަ ހާފުފެށިގެން އެންމެ 39 ސިކުންތު ތެރޭގައި ރެއިންޑަރސް ގޯލެއް ޖަހައި ހޮލެންޑަށް ފުރަތަމަ ފަހަރަށް ލީޑު ނަގާދީފައެވެ.

ސްޕެއިންއަށް މެޗުކޮންޓްރޯލް ކުރަން އުނދަގުވިނަމަވެސް މެޗުނިމޭން 9 މިނެޓް އޮއްވާ ޖޮރެލް ހާޓޯ ރޮބިން ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ރަތްޚާޑުދަށްކައި ދަނޑުން ފޮނުވާލާފައެވެ އަދި މެޗުގެ އިތުރުވަގުތުގައި ނިކޯ ވިލިއަމްސްގެ ޝޮޓެއް ކީޕަރުއަތުގައި ޖެހިފައި ނިކުތް ބޯޅައިން މެރީނޯވަނީ ގޯލުޖަހައި މެޗު އެއްވަރުކޮށްދީފައެވެ.

ރޭގެ މެޗާއެކު ސްޕެއިން ވޭތުވެދިޔަ އެއް އަހަރުތެރޭގައި އެއްވެސްމެޗަކުން ބެލިވެފައެއް ނުވެއެވެ. ސްޕެއިން އެންމެ ފަހުން ބަލިވެފައިވަނީ 2024 މާރިޗު 22 ގައި ކޮލަމްބިއާ އާ ދެކޮޅަށެވެ. އެހެންނަމަވެސް ހޮލެންޑްގެ ދަނޑުގައި ސްޕެއިންއަށް މިހާތަނަށް މޮޅެއް ލިބިފައެއް ނުވެއެވެ.

ކުއާޓަރ ފައިނަލުގެ ދެވަނަލެގު އަންނަ އާދީއްތަ ދުވަހު ސްޕެއިންގެ ވެލެންސިއާގައި ކުޅޭނެއެވެ،

ކޮމެންޓް

871x217_placeholder