logoEN
ކުޅިވަރު

ޕޯޗުގަލް ބަލިކޮށް ޑެންމާކުން ނޭޝަންސް ލީގުގެ ސެމީއާއި ގާތަށް

ރޭގެ މެޗުގައި ހޮއިލަންޑު ގޯލުޖެހުމަށްފަހު ރޮނާލްޑޯގެ އައިކޮނިކް ސެލެބްރޭޝަން 'ސޫވީ' ޖައްސަނީ. ފޮޓޯ: އީއެސްޕީއެން

ރޭގެ މެޗުގައި ހޮއިލަންޑު ގޯލުޖެހުމަށްފަހު ރޮނާލްޑޯގެ އައިކޮނިކް ސެލެބްރޭޝަން 'ސޫވީ' ޖައްސަނީ. ފޮޓޯ: އީއެސްޕީއެން

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

21 މާރިޗު 2025 - 03:21

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗު ޑެންމާކުން ވަނީ 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ. ޑެންމާކުގެ ކޯޕަންހޭގަންގައި ކުޅުނު މި މެޗުގައި ޑެންމާކުންވަނީ މޮޅު ކުޅުމެއް ކުޅެ، ޕޯޗުގަލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފައެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ޕޯޗުގަލްގެ ރެނާޓޯ ވެއިގާގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ޑެންމާކަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ކްރިސްޓިއަން އެރިކްސަން ފޮނުވާލި ޕެނަލްޓީ ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޮގޯ ކޮސްޓާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ހަމައެކަނި ގޯލުޖެހީ 78 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ސްޓްރައިކަރު ރަސްމުސް ހޮއިލަންޑް ޖެހި ގޯލަކުންނެވެ. މިއީ ހޮއިލަންޑް ލަނޑެއް ނުޖަހާތާ 21 މެޗަށްފަހު، މިދިޔަ ހަފްތާގައި ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑަށްފަހު އޭނާގެ ފަރާތުން ފެނުނު ދެވަނަ ލަނޑެވެ.

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން މި މެޗުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މީގެއިތުރުން މެޗުގެ ފަހު ވަގުތުތަކުގައި ޑެންމާކަށް ލީޑު ފުޅާކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް އޭގެ ބޭނުންހިފޭގޮތެއް ނުވިއެވެ.

މިމޮޅާއެކު ޑެންމާކުން ވަނީ ސެމީ ފައިނަލަށް ދިއުމުގެ ފިޔަވަޅަކާއި ގާތަށް ޖެހިލާފައެވެ. ސެމީގެ ދެވަނަ ދެވަނަ ލެގު ކުޅޭނީ އަންނަ އާދިއްތަދުވަހުގެ ރޭގައި ޕޯޗުގަލްގައެވެ.

ކޮމެންޓް

871x217_placeholder