އިސްރާއީލުގެ އެތެރޭގެ އިންޓެލިޖެންސް އޭޖެންސީ ޝިން ބެޓްގެ ވެރިޔާ މަގާމުން ދުރުކުރަނީ


21 މާރިޗު 2025 - 06:17
ޔަހޫދީ ޣައިރު ގާނޫނީ ދައުލަތް- އިސްރާއީލުގެ އެތެރޭގެ އިންޓެލިޖެންސް އޭޖެންސީ ކަމުގައިވާ ޝިން ބެޓްގެ އިސްވެރިޔާ ރޯނެން ބާ ވަޒީފާއިން ވަކިކުރުމަށް ޔަހޫދީ ސަރުކާރުން ނިންމައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މި ނިންމުން ނިންމާފައިވާކަމަށް ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިއުލާނުކޮށްފައެވެ. ނަތަންޔާހޫގެ ބަޔާނުގައި ބުނެފައިވަނީ ރޯނެން ބާ ވަކިކުރުމަށް ނިންމީ ވަޒީރުންގެ މަޖިލީހުގައި ބައިވެރިވި ވަޒީރުން އިއްތިފާޤުންކަމަށެވެ. އަދި އޭޕްރީލް 10 ގައި އޭނާ ވަޒީފާއިން ވަކިވާނެކަމަށް ނަތަންޔާހޫވަނީ ބުނެފައެވެ.
ރޯނެން ބާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިމިވަނީ އޭނާއާ މެދު އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ބެންޖަމިން ނަތަންޔާހޫ ވާހަކަދެއްކިތާ ހަފްތާއެއްގެ ފަހުންނެވެ. އޭނާގެ މަގާމުގެ ދައުރު ނިމެން އޮތީ އަންނަ އަހަރުގައެވެ.
ނަތަންޔާހޫގެ މި ނިންމުމާ ދެކޮޅަށް ފާއިތުވި3 ދުވަހު ޔަހޫދީން އިހުތިޖާޖުތައް ކުރިއަށް ގެންގޮސްފައިވާއިރު އިހުތިޖާޖުކުރި ފަރާތްތަކުން ބުނެފައިވަނީ މިއީ އިސްރާއީލުގެ ޑިމޮކްރަސީއަށް ނުރައްކާވާނެ ކަމެއް ކަމަށެވެ.
ރޯނެން ބާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ އޭނާގެ އޭޖެންސީން ތައްޔާރުކުރި ރިޕޯޓެއްގައި ހަމާސްގެ ހަމަލާ ހުއްޓުވުމަށް ޝިން ބެޓުން ފެއިލްވި ކަމަށް ބުނެފައިވުމާ ގުޅިގެންނެވެ. އަދި މި ރިޕޯޓުގައި ނަތަންޔާހޫގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ހަމާސްއަށް ހަތިޔާރު އެއްކުރުމުގެ ފުރުސަތު ލިބުނު ކަމަށް ބުނުމާ ގުޅިގެންނެވެ.
2021 އިން ފެށިގެން ރޯނެން ބާ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް ރޭގެ ނިންމުމަށްފަހު ވަޒީރުންނަށް ފޮނުވި ސިޓީއެއްގައި އޭނާ ވަނީ އޭނާ ވަޒީފާއިން ވަކިކުރުމުގެ މަރުހަލާތައް ގަވާއިދާ އެއްގޮތަށް ކުރިއަށް ގޮސްފައި ނުވާ ކަމަށާއި، އަދި އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ އަސާސެއް ނެތް ދަޢުވާތަކެއްގެ މައްޗަށް ކަމަށް ބުނެފައެވެ.މި ކަމާ ގުޅިގެން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އެއްވެސް ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.
އިތުރު ލިޔުންތައް

އިސްރާއީލުން ހިންގަނީ ނަސްލު ނައްތާލުމުގެ ޢަމަލެއް، އޭގެން ފެންނަނީ އިންތިހާ ނާއިންސާފު: ރައީސް
7 މަސް ކުރިން
އިސްރާއީލުން ނުސެއިރަތް ރެފިއުޖީ ކޭމްޕަށް އަނެއްކާ ވެސް ޙަމަލާދީ، ހަތަރު މީހަކު މަރާލައިފި
7 މަސް ކުރިން
ލައިވް: މެދުއިރުމަތި ހަނގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގައި
7 މަސް ކުރިން