މިދިޔަ އަހަރު ޓީބީގެ 148 ކޭސް ރިޕޯޓުކޮށްފައިވޭ


21 މާރިޗު 2025 - 06:33
މިދިޔަ އަހަރު ޓީބީގެ 148 ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ޓީބީއަކީ އާންމުކޮށް ފުއްޕާމެއަށް ޖެހޭ ބައްޔަކަށްވީއިރު، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް މި ބަލި ޖެހެއެވެ. މި ބަލި ގައިންގައިން ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހި، ކުޅުން ޖަރާސީމު ފެންނަ ބަލިމީހުންގެ ފަރާތުންނެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 2023 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، އެ އަހަރު މުޅި ދުނިޔެއިން ޖުމްލަ 10.8 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވެއެވެ. އެގޮތުން ބަލި ޖެހިފައިވަނީ 6 މިލިއަން ފިރިހެނުންނާއި، 3.6 މިލިއަން އަންހެނުންނާއި، 1.3 މިލިއަން ކުޑަކުދިންނަށެވެ. އަދިއެ އަހަރު ޖުމްލަ 1.2 މިލިއަން މީހުން ވަނީ މަރުވެފައެވެ.
ދުނިޔޭގެ ޓީބީ ހާލަތަށް ބަލައި ދުނިޔެއިން ޓީބީ ނައްތާލުމަށް 2014 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން "އެންޑް ޓީބީ" ގެ ނަމުގައި ފަށަފައިވާ ސްޓްރެޖީގެ ދަށުން، ރާއްޖެއިން ވަނީ 2030 ވަނަ އަހަރާއި ހަމައަށް ރާއްޖެއިން ޓީބީ ބަލި އާއްމު ޞިއްޙަތަށް ނުރައްކާ ނުވާ ވަރަށް މަދު ކުރެވިފައިވާ ގައުމެއްކަމުގައި ކަނޑައލުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން ރާއްޖޭގެ 100 ރަށެއްގައި ޓީބީ ނައްތާލެފައިވާ ކަމަށް ކަނޑައެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތް ކުރުމަށް އަމާޒުކޮށްގެން 2018 ވަނަ އަހަރު ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައި، މަސައްކަތަށް ބޭނުނަވާ ފަންނީ ގައިޑްލައިންތައް މިހާރު ވަނީ ތައްޔާރުކުރެވިފައެވެ.
އިތުރު ލިޔުންތައް

8 މަހުން ކާބޯތަކެތި ގެންގުޅޭ 1،579 ތަނެއް ބަލައި ފާސްކޮށް، 14 ތަނެއް ބަންދުކޮށްފައިވޭ: ވަޒީރު ޚަލީލް
9 މަސް ކުރިން
ރާއްޖޭގައި ދުވާލެއްގެ މައްޗަށް 8,722 މީހުން ޑޮކްޓަރަށް ދައްކާ
8 މަސް ކުރިން
ދުންފަތް ކޮންޓްރޯލް ކުރުމަށް މަދަނީ ޖަމްޢިއްޔާތަކާއެކު މަޝްވަރާތައް ފަށައިފި
6 މަސް ކުރިން