ޗުއްޓީގައި އަރާމުކުރުުގެ ބަދަލުގައި އާއިލާއާ އެކު ދުޅަހެޔޮ އާދަތަކެއް އަށަގަންނަވަންޖެހޭ: އެޗްޕީއޭ
17 ޖުލައި 2026 - 12:11
.jpg&w=1920&q=75)
ޗުއްޓީގައި އަރާމުކުރުުގެ ބަދަލުގައި އާއިލާއާ އެކު ދުޅަހެޔޮ އާދަތަކެއް އަށަގަންނަވަން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ.
މި އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމި ސްކޫލުތައް އިއްޔެ ދެ ހަފުތާއަށް ބަންދު ކޮށްފައިވާއިރު, ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޗުއްޓީއާއެކު އާއިލާގެ ދުޅަހެޔޮކަން ކުރިއެރުވުމަށް އާދަކުރަންވީ މުހިންމު ކަންތައްތަކެއް އާންމުކޮށްފައެވެ. އެ އޭޖެންސީން އިލްތިމާސްކުރާ ގޮތުގައި، ޗުއްޓީއަކީ ހަމައެކަނި އަރާމުކުރާ ވަގުތަކަށް ހެދުމުގެ ބަދަލުގައި، މުޅި އާއިލާ އެކުގައި ދުޅަހެޔޮ އާދަތަކެއް އަށަގަންނުވަން މަސައްކަތްކުރަންވީ ވަގުތެކެވެ. އަދި އެޗްޕީއޭ ބުނީ ޗުއްޓީ ދުވަސްވަރު ބޭރުން ކެއުމާއި ފޮނި ބުއިންތައް ބޭނުންކުރުން އިތުރުވާއިރު، ކަރުހިއްކުން ފިލުވުމަށް ބޭނުންކުރަން އެންމެ ރަނގަޅު ބުއިމަކީ ފެންކަމަށެވެ.

Ad by Hajj Corporation
އެޗްޕީއޭ އިން އާންމު ކޮށްފައިވާ އިރުޝާދުތަކުގައި މައިގަނޑު 5 ކަމަކަށް ވަނީ އަލިއަޅުވާލާފައެވެ. އެއީ ލޮނު ހަކުރު އަދި ޓްރާންސް ފެޓް ގިނަ ކެއުންތަކާ ބުއިންތަކުން ދުރުހެލިވުމާއި،ގޭތެރޭގަ އާއި ހާއްސަކޮށް ކުޑަކުދިން އުޅޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، އާއިލާ އާއެކު ކޮންމެ ދުވަހަކު ހަރަކާތްތެރިވެ އުޅުމާއި، ކޮންމެ ދުވަހެއްގެ ކެއުމުގައި އެކި ކަހަލަ ތަރުކާރީއާއި މޭވާ ހިމެނުމުގެ އިތުރުން ކާ މިންވަރު މަދުކޮށް މެދުމިނެއްގައި ބަރުދަން ހިފެހެއްޓުން ހިމެނެއެވެ.
ރާއްޖޭގައި ހަކުރުބައްޔާއި ލޭމައްޗަށްދިއުން ފަދަ ބަލިތައް ތަހައްމަލުކުރާ މީހުންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައިވާއިރު، މި ބަލިތަކުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހެލިފެލިވެ ނޫޅުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، އަދި ސިއްހަތަށް ގެއްލުންހުރި ކާނާ ކެއުން ހިމެނޭ ކަމަށް ސިއްހީ މާހިރުން ފާހަގަކުރައްވައެވެ. އެހެންކަމުން، ކުޑައިރުއްސުރެ ކުދިންގެ ކިބައިގައި ރަނގަޅު އާދަތައް އަށަގަންނުވައިފިނަމަ، މުސްތަގުބަލުގައި މިފަދަ ނުރައްކާތެރި ބަލިތަކުން އެކުދިން ސަލާމަތްކުރެވޭނެ ކަމަށް ޑަބްލިއުއެޗްއޯގެ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވެއެވެ.


