logo
Bank of Maldives

Bank of Maldives

ޚަބަރު

ހޫނުގަދަވުމުގެ ސަބަބުން އެންމެ ނުރައްކާ ބޮޑީ ކުޑަކުދިންނަށް: އެޗްޕީއޭ

އައިޝަތު ނަޝާ
22 ސެޕްޓެމްބަރު 2026 - 08:58
ހޫނުގަދަވުމުގެ ސަބަބުން އެންމެ ނުރައްކާ ބޮޑީ ކުޑަކުދިންނަށް: އެޗްޕީއޭ

މިދުވަސްވަރަކީ ރާއްޖޭއަށް އާދަޔާ ހިލާފަށް ހޫނުދުވަސްވަރެއްކަމުން ، އިރުގެ ދޯދިން ކުޑަކުދިންނަށް ކުރާ އަސަރު ބޮޑުކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެ އެޖެންސީ ވަނީ އިރުގެ ދޯދިން ކުޑަކުދިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް ހިއްސާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން

  • ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުގެންދިއުން
  • ގާތުންކިރުދިނުން ނުވަތަ 6 މަސް ފުރިފައިވާ ކުދިންނަށް ގިނައިން ދިޔާތަކެތި/ފެންދިނުން
  • ގަޔަށް ދޫ ތުނި ހެދުން ލެއްވުން
  • ހޫނުގަދަ ގަޑިތަކުގައި ބޭރަށް ގެންދާނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން

 

ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑުމީހުން އަދި ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންގެ އިތުރުން އަވީގައި ގިނަވަގުތު މަސައްކަތްކުރަން ޖެހޭ މީހުންނަށް ވެސް އަވީގެ ސަބަބުން ނުރައްކާ ބޮޑުކަމަށް އެ އެޖެންސީ ވަނީ ބުނެފައެވެ.މި ފަރާތްތަކުން ވެސް އަވިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް އެ އެޖެންސީން ވަނީ ހިއްސާކޮށްފަައެވެ.

އެއީ

  • ކުޑަބޭނުންކުރުން
  • ކުލަމަޑު އަދި ހަށިގަނޑު ނިވާވާފަދަ ދޫ ހެދުމެއްލުން
  • ހަށިގަނޑުން ފެން ބޭރުވިޔަނުދިނުމަށް ހަކުރު، ކެފެއިން ހިމެނޭ ބުއިންތައް ބޭނުންކުރުން މަދުކުރުން
  • ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް ކަރުނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން
  • ބޮޑަށް ނިވާވާކަހަލަ ފުޅާ ބޮޑު ތޮތްޕެއް ބޭނުންކުރުން
  • ހެނދުނު 10 އަކުން ފެށީގެން މެންދުރުފަހު 4 އާ ހަމައަށް އަވީގައި އުޅުން މަދުކުރުން
  • ގިނަވަގުތު އަވީގައި އުޅޭނަމަ SPF-15 އަށް ވުރެ މަތީގެ ސަންސްކްރީން ލޯޝަނެއް ބޭނުންކުރުން
  • ޔޫވީ ރޭޑިއޭޝަން ފިލްޓަރކޮށްދޭފަދަ އަވިއައިނެއް ބޭނުންކުރުން

 

View post on Twitter

 

 

އެ އިދާރާއިން މިދިޔަ ހަފްތާވަނީ ހޫނު ގަދަވުމުގެ ސަބަބުން "ހީޓް އެކްޒޯސްޝަން" ނުވަތަ ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާލަތެއް ކަމަށްވާ "ހީޓް ސްޓްރޯކް" ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ބުނެފައެވެ.

އެހެންކަމަުން ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޫނުގަދަވުމުގެ ސަބަބުން އެންމެ ނުރައްކާ ބޮޑީ ކުޑަކުދިންނަށް: އެޗްޕީއޭޚަބަރު | 2 ގަޑިއިރު ކުރިންހޫނުގަދަވުމުގެ ސަބަބުން "ހީޓް ސްޓްރޯކް" ޖެހުމުގެ ފުރުސަތު ބޮޑު: އެޗްޕީއޭޚަބަރު | 14 ދުވަސް ކުރިން ޗުއްޓީގައި އަރާމުކުރުުގެ ބަދަލުގައި އާއިލާއާ އެކު ދުޅަހެޔޮ އާދަތަކެއް އަށަގަންނަވަންޖެހޭ: އެޗްޕީއޭޚަބަރު | 2 މަސް ކުރިންމިދިޔަ މަހު ޑެންގީ ޖެހިގެން 476 ކޭސް ރިޕޯޓްކުރިޚަބަރު | 5 މަސް ކުރިން