logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ މަހު ޑެންގީ ޖެހިގެން 476 ކޭސް ރިޕޯޓްކުރި

އައިޝަތު ނަޝާ
29 އޭޕްރީލު 2026 - 05:04
މިދިޔަ މަހު ޑެންގީ ޖެހިގެން 476 ކޭސް ރިޕޯޓްކުރި

މިއަހަރުގެ އޭޕްރިލްމަހު ޑެންގީ ހުން ޖެހިގެން 476 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން މި މަހުގެ 28 ގައި އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، 2025 ވަނަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު ވަނީ އިތުރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މި އަހަރުގެ މިހާތަނަށް،ޖުމްލަ 2183 ކޭސް ރިޕޯޓް ކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ މިދިޔަ އަހަރާ އަޅަ ބަލާއިރު 484% އިތުރު އަދަދެކެވެ.

މިއަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން ރިޕޯޓްކުރި އަދަދު:

ޖެނަވަރީ:679 ކޭސް

ފެބްރުއަރީ:428 ކޭސް

މާރިޗު: 428 ކޭސް

އޭޕްރިލް:476 ކޭސް

ޑެންގީ ޖެހިގެން އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ އަތޮޅުތެރެއިންނެވެ. އެގޮތުން އަތޮޅުތެރެއިން މިހާތަނަށް ޖުމްލަ 1813 ކޭސް ރިޕޯޓް ކޮށްފައިވެއެވެ. އަދި މާލެ ސަރަހައްދުން 370 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

ޑެންގީއާއި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ފެތުރުން މަދު ކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން މަދިރި އާލާވާ ތަންތަން ނައްތާލާ، މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އޭޕްރިލް މަހު ވަނީ ޑެންގީ ޖެހިގެން ފަރުވާ ދެމުން ދިޔަ 2 މީހަކު ނިޔާވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ މަހު ޑެންގީ ޖެހިގެން 476 ކޭސް ރިޕޯޓްކުރިޚަބަރު | 2 ގަޑިއިރު ކުރިންޑެންގީ އިތުރުވާތީ ސަމާލުވުމަށް އަންގައިފި!ޚަބަރު | 13 ދުވަސް ކުރިންޑެންގީ ހުން ޖެހިގެން މިދިޔަ މަހު އެކަނި 535 މީހަކު ރިޕޯޓުކޮށްފައިވޭ!ޚަބަރު | 16 ދުވަސް ކުރިންޑެންގީހުމާއި ރޯގާ އިތުރުވާތީ ސަމާލުވުމަށް އެދިއްޖެޚަބަރު | 3 މަސް ކުރިން