logo
Bank of Maldives

Bank of Maldives

ޚަބަރު

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް ޝަމްއާން ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 މާރިޗު 2025 - 01:09
ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކޮށްފި

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި ޝަމްއާން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަމްއާން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤާ ގުޅިގެންނެވެ.

ޝަމްއާން ވަނީ ތަޙްޤީޤަށް ރޭ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައިވެއެވެ.

މި މައްސަލައިގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި ޝަމްއާންގެ ގެ ބަލައި ފާސްކޮށް، އެ ގެއިން ފައިސާތަކަކާއި އިލެކްޓްރޯނިކް ސާމާނުތަކެއްވެސް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުން ނެރުއްވި ބަޔާނެއްގައި ބުނި ގޮތުގައި، އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީމީހާ ދޫކޮށްލުމަށްފަހު، އޭނާގެ އަތުން ފެނުނު 530،000 ރުފިޔާ ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ ގެއަށް ކަމަށް ތަޙްޤީޤުން އެނގިފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށާއި، އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

އިތުރަށް ކިޔާލަން:

Bai Million Rf aa eku Hayyarukuri Meehaa Dhookoh, E Faisaa Gendhiyaee Shammaan ge Geah: FuluhunFacebookViberTelegramXWhatsApp

Bai Million Rf aa eku Hayyarukuri Meehaa Dhookoh, E Faisaa Gendhiyaee Shammaan ge Geah: FuluhunFacebookViberTelegramXWhatsApp

 

އިތުރަށް ކިޔާލަން:

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 8.5 މިލިއަން ރުފިޔާ ހޯދައިފި ޚަބަރު | 3 ގަޑިއިރު ކުރިންމަޤާމުތައް އަދާކުރާ ރިޓަޔާޑް ފުލުހުންނަށް ޢިނާޔަތް ދިނުން ހުއްޓާލައިފިޚަބަރު | 3 ގަޑިއިރު ކުރިންޝަރުތުތަކަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލައިފި ޚަބަރު | 3 ގަޑިއިރު ކުރިންގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ ފަސް ބިދޭސީއަކު ހިފަހައްޓައިފިޚަބަރު | 7 ގަޑިއިރު ކުރިން