ބަޔާން މިޔުނިކުގެ ކީޕަރު ނޯޔާއަށް އަނެއްކާވެސް އަނިޔާވެ ކުޅުމާއި ދުރަށް

ބަޔާންގެ ކީޕަރު ނޯޔާ. ފޮޓޯ: އިންޑިޕެންޑެންޓް

23 މާރިޗު 2025 - 04:34
ބަޔާން މިއުނިކްގެ ކެޕްޓަން އަދި ގޯލްކީޕަރު މެނުއަލް ނޯޔާގެ ފައިގެ މަސްގަނޑަށް ލިބިފައިވާ އަނިޔާއިން އޭނާ އަރައިގަތުމުގައި އިތުރު ހުރަސްތަކާ ކުރިމަތިވެއްޖެ ކަމަށް ބަޔާން މިޔުނިކުން ހާމަކޮށްފިއެވެ.
38 އަހަރުގެ ނޯޔާ އަށް އަނިޔާވެފައިވަނީ މި އަހަރުގެ ކުރީކޮޅު ޗެމްޕިއަންސް ލީގުގެ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ބަޔަރ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލެއް ފާހަގަކުރުމުގެ ތެރޭގައެވެ. އަދި އަނިޔާގެ ފަހުން އެނބުރިއައިސް ނޯޔާ ވަނީ މިދިޔަ ހަފްތާގައި ޕްރެކްޓިސް ފަށާފައެޗެ. ނަމަވެސް މިދިޔަ ހަފްތާ ބަންދުގައި އޭނާގެ ފައިގެ މަސްގަނޑަށް އަލުން އަނިޔާވެފައިވާ ކަމަށް ބަޔާން މިއުނިކުން ބުނެފައިވެއެވެ.
މި އަނިޔާގެ ސަބަބުން ނޯޔާ އަށް އިންޓަރ މިލާނާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލް މެޗުގައި ނުކުޅެވޭނެއެވެ. އަދި ބުންޑެސްލީގާގައި ސެންޓް ޕައުލީ އަދި އައުގްސްބާގާ ދެކޮޅަށް ކުޅޭ މެޗުތަކުގައިވެސް ނުކުޅެވޭނެއެވެ.
ނޯޔާގެ ބެކަޕް ގޯލްކީޕަރު، 21 އަހަރުގެ ޖޯނަސް އުރްބިގް އަށްވެސް ވަނީ ފައިގައި އަނިޔާވެފައެވެ. ބަޔާންގެ ގޯލު ދެން ބަލަހަށްޓާނީ 3 އަދި 4 ވަނަ ގޯލު ކީޕަރެވެ.
މި ސީޒަންގައި ބުންޑެސްލީގާގެ އަށް މެޗު ބާކީ އޮތްއިރު، ބަޔާން މިއުނިކް ވަނީ ދެވަނައިގައި އޮތް ލެވަކޫސަންއަށްވުރެ 6 ޕޮއިންޓް ކުރީގައެވެ.
އިތުރު ލިޔުންތައް

މި ސީޒަންގެ އެންމެ ފޯމުގައި އޮތް ބާސެލޯނާއިން ބަޔާން މިޔުނިކް ލަދުގަންނަވާލައިފި.
6 މަސް ކުރިން
މުސިއާލާ ގެ ހެޓްރިކާއެކު ބާޔާން މިޔުނިކް ޑީ.އެފް.ޕީ ޕޮކާލްގެ ތިންވަނަ ބުރަށް.
6 މަސް ކުރިން
ބަޔާން މިއުނިކްގެ ޑިފެންޑަރު އަލްފޮންސޯ ޑޭވިސް މަސްތުގެ ހާލުގައި މަގުމަތިން ހިފަހައްޓައިފި
5 މަސް ކުރިން