logoEN
ކުޅިވަރު

ހޮއިލަންޑުގެ ސެލެބްރޭޝަންއަކީ އިހުތިރާމް ކުޑަކުރުން ކަމުގައި ނުދެކެން - ރޮނާލްޑޯ

ޑެންމާކާއި ޕޯޗުގަލް މެޗުގައި މެޗުގައި ހޮއިލަންޑު ގޯލުޖެހުމަށްފަހު ރޮނާލްޑޯގެ އައިކޮނިކް ސެލެބްރޭޝަން 'ސޫވީ' ޖައްސަނީ. ފޮޓޯ: އީއެސްޕީއެން

ޑެންމާކާއި ޕޯޗުގަލް މެޗުގައި މެޗުގައި ހޮއިލަންޑު ގޯލުޖެހުމަށްފަހު ރޮނާލްޑޯގެ އައިކޮނިކް ސެލެބްރޭޝަން 'ސޫވީ' ޖައްސަނީ. ފޮޓޯ: އީއެސްޕީއެން

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

23 މާރިޗު 2025 - 05:08

ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖެހުމަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯގެ މަޝްހޫރު ސެލެބްރޭޝަން ހެދި ޑެންމާކުގެ ރަސްމުސް ހޮއިލަންޑުގެ ސެލެބްރޭޝަންއަކީ އޭނާއަށް އިހުތިރާމް ކުޑަކުރަން ކުރޮކަމެއް ނޫންކަމުގައި ޤަބޫލުކުރާކަމަށް ރޮނާލްޑޯ ހާމަކޮށްފިއެވެ.

ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި ޑެންމާކުން ޕޯޗުގަލް ބަލިކުރި މެޗުގައި ހޮއިލަންޑް ޖެހި ގޯލަށްފަހު ރޮނާލްޑޯގެ މަޝްހޫރު "ސިއު" ސެލެބްރޭޝަން ހެދިއެވެ. އެ މެޗުގައި ރޮނާލްޑޯ ވެސް ކުޅުނެވެ.

"ހޮއިލަންޑްގެ ސެލެބްރޭޝަނަކީ މައްސަލައެއް ނޫން. އަހަރެންނަށް އެނގޭ އެއީ އިހުތިރާމް ކުޑަކުރަން ކުރި ކަމެއް ނޫންކަން" ދެވަނަ ލެގުގެ ކުރިން ރޮނާލްޑޯ ވިދާޅުވިއެވެ.

ވަރަށް ގިނަ ކުޅުންތެރިން އިނދުކޮޅުޓީމަށް ކުޅެމުން އިހުތިރާމް ކުޑަކުރުމުގެ ގޮތުން އަނެއް ކުޅުންތެރިންގެ ސެލެބްރޭޝަން ބޭނުންކުރާކަން ފާހަގަވެއެވެ. އަނެއްބައި ފަހަރުތަކުގައު ކުޅުންތެރިން އެކަން ކުރަނީ ސެލެބްރޭޓް ކުރާ ކުލުންތެރިއެއްގެ މައްޗަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ.

މިހާރު މެންޗެސްޓަރ ޔުނައިޓެޑްގައި ކުޅެމުންދާ ހޮޖްލަންޑްގެ އެ ސެލެބްރޭޝަނާ ގުޅޭ ގޮތުން އިތުރަށް ވާހަކަދައްކަވަމުން ރޮނާލްޑޯ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުޅުންތެރިން އޭނާގެ ސެލެބްރޭޝަން ހަދާ ކަމަށެވެ.

"އަހަރެން އުންމީދުކުރަނީ މާދަމާ އެ ސެލެބްރޭޝަން އަހަރެން ހަދަނިކޮށް އެމީހުންނަށް ފެންނާނެ ކަމަށް،" ރޮނާލްޑޯ އިތުރަށް ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder