logoEN
ކުޅިވަރު

ފީފާ ކުލަބް ވޯލްކަޕުން ކުލަބް ލިއޯންގެ ބަދަކުގައި ދެން ޖާގަ ލިބޭނީ ބާސެލޯނާއަށްތަ؟

ފީފާ ކުލަބް ވޯލްޑްކަޕުން ދެން ޖޖާގަ ދޭނެ ޓީމަކާމެދުގައި މިހާރުވަނީ ސުވާލުއުފެދިފައި.

ފީފާ ކުލަބް ވޯލްޑްކަޕުން ދެން ޖޖާގަ ދޭނެ ޓީމަކާމެދުގައި މިހާރުވަނީ ސުވާލުއުފެދިފައި.

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

23 މާރިޗު 2025 - 06:15

އޯނަޝިޕް މައްސަލައިގައި ފީފާއިން އިއްޔެ ރަސްމީކޮށް ފީފާ ކުލަބް ވޯލްޑްކަޕުން މެކްސިކޯގެ ކުލަބް ލިއޯން ވަކިކުރުމުން ގިނަބަޔަކު ސޯޝަލް މީޑިޔާގައި ދައްކާވާހަކައަކީ ހުސްވިޖާގަ ބާސެލޯނާއަށް ދޭނެ ވާހަކައެވެ. ކުލަބް ލިއޯން މުބާރާތުން ވަކިކުރުމާ ގުޅިގެން، ޗެލްސީ، އެސްޕެރާންސް އަދި ފްލަމެންގޯ ހިމެނޭ ގްރޫޕް ޑީގައި ބައިވެރިވާނެ އިތުރު ޓީމަކާ މެދު މިހާރުވަނީ ސުވާލު އުފެދިފައިވެއެވެ.

undefinedފީފާ ކުލަބް ވޯލްޑްކަޕްގައި ބައިވެރިވާ ޓީމުތައް.

އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަށް 85 ދުވަހަށްވުރެ މަދު ދުވަސްކޮޅެއް ބާކީ އޮއްވާ ފީފާއިން މި ނިންމުން ނިންމާފައިވަނީ، ކުލަބް ލިއޯނާއި އަދި ވޯލްޑްކަޕްގައި ބައިވެރިވާ ޕަޗޫކާ އެފްސީ ހިއްސާވަނީ އެއް ވެރިފަރާތަކަށް ކަމަށްވާތީއެވެ. އެއީ ޕަޗޫކާ ގްރޫޕެވެ.

މުބާރާތުގައި ކޮންމެ ޤައުމަކުންވެސް އެންމެ ގިނަވެގެން ދެކުލަބަކަށް ބައިވެރިވެވޭއިރު، އެމްއެލްއެސް އަދި ލީގާ އެމްއެކްސްގެ ދެ ޓީމުގެ ކޯޓާ ހަމަވެފައިވާއިރު (އިންޓަރ މަޔާމީ، ސިއެޓަލް ސައުންޑާސް، މޮންޓެރޭ އަދި ޕަޗޫކާ)، މިޖާގަ ލިބޭނެކަމަށް ބެލެވެނީ މިދިޔަ ޑިސެމްބަރުގައި ގުރުއަތުލުން އޮތްއިރު ކޮންކަކާފްގެ އެންމެ މަތީ ރޭންކިންގައި އޮތް ޓީމުކަމަށްވާ ކޮސްޓާރީކާގެ އެލްޑީ އަލަޖުއެލެންސްއެވެ.undefinedޑިސެންބަރުގައި ފީފާގެ ކުލަބް ކޯއެފީޝިއަންޓް (ކޮންކާކަފް / އުތުރު އެމެރިކާ)

އަލަޖުއެލެންސެއިން ވަނީ ކުރިން ވެސް ލިއޯނާއި ޕަޗޫކާ ދެ ޓީމު މުބާރާތުގައި ވާދަކުރުމާމެދު ކަންބޮޑުވުން ފާޅުކޮށް، ފީފާގެ މަލްޓި ކުލަބް އޯނަޝިޕް ގަވާއިދުތަކާ ހަވާލާދީ ޝަކުވާ ހުށަހަޅާފައެވެ.undefinedކޮސްޓާރީކާގެ އެލްޑީ އަލަޖުއެލެންސް

ކުލަބް ވޯލްޑްކަޕްގެ ނަމުގައި ފީފާއިން ކުރީގައި ބާއްވަމުން އަންނަ މުބާރާތް އަލުން ފޯމެޓް ބަދަލުކޮށް 32 ޓީމާއެކު ކޮންމެ 4 އަހަރުން 1 އަހަރުގައި ބާއްވަން ފީފާއިން ނިންމައި އެކަން އިޢުލާނުކުރީ މިދިޔައަހަރުގައެވެ.

ކޮމެންޓް

871x217_placeholder