logo
Bank of Maldives

Bank of Maldives

ޚަބަރު

ތެލަސީމިއާ ކުދިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނަން - ރައީސް

އަޙްމަދު ޒަލީފް
23 މާރިޗު 2025 - 08:14
ތެލަސީމިއާ ކުދިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނަން - ރައީސް

ތެލަސީމިއާ ސެންޓަރުގެ ބައެއް ޚިދުމަތްތަކާއި ގުޅިގެން ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ފާޅުކުރިތާ ސައުވީސް ގަޑިއިރުނުވަނީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގައި ހުރި މައްސަލަތައް އޮޅުންފިލުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ތެލަސީމިއާކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނެސްދެއްނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެކަމށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ފަށްޓަވާފައެވެ

Ad by Hajj Corporation

Ad by Hajj Corporation

ތެލަސީމިއާ ސެންޓަރުގައިހުރި ޒަމާނުއްސުރެ ހުރި މައްސަލަތައް ޙައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް މިހަތަނަށް އަޅާފައެއް ނުވެއެވެ. ނަމަވެސް މިހާރުހުރި ހުރިހާ މައްސަލަތަކެއް ހައްލުކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާކަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ތެލަސީމިއާ ކުދިން ލޭއެޅުމަށްޓަކައި ލޭ ސާފުކުރުމަށް ބޭނުންކުރާ ފިލްޓަރތަކުގައި މައްސަލަތަކާއި ގުޅިގެން މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވިދާޅުވީ ރާއްޖޭގައި އާންމުކޮށް ލޭ އެޅުމަށް ބޭނުންކުރާ ފިލްޓަރތައް އުފައްދާ ބޭރުގެ ކުންފުނި ވިއްކާލުމާއި ގުޅިގެން އެކުންފުނިން މިހާރު ހިމޮނޮޓިކްސް ބްލަޑް ފިލްޓަރ އުފެއްދުން ހުއްޓާލާފައިވާކަމަށެވެ.

އެހެންކަމުން ސީދާ އެބާވަތުގެ ފިލްޓަރ ތައްޔާރުކޮށް ސަޕްލައިކުރެވޭނެ ދުވަހެއް ކަނޑައެޅިގެން ނޭނގޭކަމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެސަރވިސްއަށް އަންގާފައިވާކަމަށް ވިދާޅުވިއެވެ

ތެލަސީމިއާ ކުދިން ލޭއެޅުމަށްޓަކައި ލޭ ސާފުކުރުމަށް ބޭނުންކުރާ ފިލްޓަރތަކުގައި މައްސަލަ އުޅޭކަމަށް ބުނެ ތެލަސީމިއާ ކުދިންނާއި އެކުދިންގެ ޢާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވާ އެތަނުގައި ހުރި މައްސަލަތައް އޮޅުން ފިލުއްވާފައެވެ. އެމަނިކުފާނު ވަނީ އެ ސެންޓަރުގެ ހުރިހާ ޑިޕާޓްމަންޓުތަކެއްގެ ޙާލަތުވެސް ބައްލަވާލައްވާފައެވެ. އެވަގުތު އެ ސެންޓަރުގައި ޚިދުމަތް ހޯދަމުންދިޔަ ކުދިންނާއި އެކުދިންގެ އާއިލާތަކާއި ބައްދަލުކުރައްވައި، ހުރި ކަންބޮޑުވުންތަކުގެ ވާހަކަތައް އެމަނިކުފާނު އަޑުއެއްސެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ތެލްސީމިއާ ކުދިންގެ އާއިލާތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް މިވަގުތުން ފެށިގެން ޙައްލުކުރެވެންހުރި ހުރިހާކަމެއް ޙައްލުކުރުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިންނަށް މަޝްވަރާކުރައްވައިގެން ފިޔަވަޅުތައް އަޅަން ފަށްޓަފާވައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުށީގައި ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް ބޭއްވޭކަމީ ދިވެހިންނަށް ލިބުނު ޝަރަފެއް: ރައީސް ޚަބަރު | 5 ގަޑިއިރު ކުރިން މަޑިފުށީގެ އިޚްތިޞާޞްގައި ދެ ރަށެއް ހިމަނަން ނިންމައިފިޚަބަރު | 8 ގަޑިއިރު ކުރިންއަންހެނުންގެ ކޮމިޓީގެ ރައީސުން ހޮވަން ޤާނޫނު އިސްލާހު ކުރަން ނިންމަވައިފިޚަބަރު | 10 ގަޑިއިރު ކުރިންމީޑިއާތައް ރެގިއުލޭޓްކުރާ ބިލް ތަސްދީޤުކުރައްވައިފިޚަބަރު | 10 ގަޑިއިރު ކުރިން