އިމިގްރޭޝަން ކޮރަޕްޝަން : ދެެ މީހަކު ފުރުން މަނާކޮށްފި

އިމިގްރޭޝަންގެ ކުރީގެ ކޮންޓޮރޯލަރ ގެނެރަލް މުހައްމަދު ޝައްމާން ވަހީދު؛ ކޮރަޕްޝަންގެ މައްސަލައެއްގައި އޭނަ ވަނީ 15 ދުވަހަށް ހައްޔަރުކޮށްފައި

23 މާރިޗު 2025 - 14:07
އިމިގްރޭޝަނުގެ ބައެއް މުވައްޒަފުންގެ މަގާމު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުރުން މަނާކޮށްފިއެވެ.
އިމިގްރޭޝަނުގެ ބައެއް މުވައްޒަފުންގެ މަގާމު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދަމުން ދިޔަ ކަމަށް އެ އިދާރާއަށް ލިބުނު މައުލޫމާތާ ގުޅިގެން ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ޑީޓެއިންކުރުމުގެ ޒިންމާ އާންމުކޮށް އަދާކުރަމުންދާ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓްގެ މުވައްޒަފުން ނޫން އެހެން ސެކްޝަންތަކުގެ މުވައްޒަފުންތަކެއް، އެ މުވައްޒަފުންފެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައެއް ފުލހުން ދަނީ ބަލަމުންނެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، އެ ގެއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ނަގުދު ފައިސާ ވެސް ގެންގޮސްފައިވާކަން އެނގިފައިވާ ކަމަށާއި، އެ މީހުން ހައްޔަރުކުރި ދުވަހުގެ އަނެއް ދުވަހުގެ ދަންވަރު، ކުރީގެ އިމިގްރޭޝަނުގެ ކޮންޓްރޯލަރު ޝަމްއާންގެ އަމުރަށް އެތަނުން 530،000 ރުފިޔާއާއެކު އިމިގްރޭޝަނަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، ފުލުހުން ވަނީ ޝައްމާންގެ އާއިލާ މެމްބަރެއްގެ ފޯނު، ކޯޓު އަމުރެއްގެ ދަށުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައިގައި ޝަމްއާން ވަނި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރޭ ކޯޓަށް ހާޒިރުކުރުމަށްފަހު، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ. މިއާއެކުވމި މައްސަލައިގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކުރެވިފައެވެ. މީގެ ތެރެއިން ދެ މީހަކަށް 10 ދުވަހުގެ ބަންދު މުއްދަތެއް ޖަހާފައިވާއިރު، އަނެއް މީހާއަށް ތިން ދުވަހުގެ ބަންދު މުއްދަތެއް ވަނީ ޖަހާފައެވެ.
އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުން ޝަމްއާން ވަނީ ވަކިކޮށްފައެވެ. އެއާއެކު އެ މަގާމަށް، ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) އަޙްމަދު ފަސީޙު ވަނީ އައްޔަނުކޮށްފައެވެ.
އިތުރު ލިޔުންތައް
ބުޅަލުން ބާގަރ ހަދައިގެން ވިއްކި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއެއް ހައްޔަރުކޮށްފި
8 މަސް ކުރިން
ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
8 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
8 މަސް ކުރިން