logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިޓަލީ ބަލިކޮށް ޖަރުމަނު ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް

އަބްދުﷲ ޣާނިމް
24 މާރިޗު 2025 - 05:30
އިޓަލީ އެގްރިގޭޓުން ބަލިކޮށް ޖަރުމަނުން ވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައި. ފޮޓޯ: ޖަރުމަނު ނޭޝަނަލް ޓީމު
އިޓަލީ އެގްރިގޭޓުން ބަލިކޮށް ޖަރުމަނުން ވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައި. ފޮޓޯ: ޖަރުމަނު ނޭޝަނަލް ޓީމު

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ރޭ އިޓަލީއާ ދެކޮޅަށް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ، 5-4 ގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދައި މުބާރާތުގެ ސެމީ ފައިނަލަށް ޖަރުމަނު ދަތުރުކޮށްފިއެވެ.

ޖަރުމަނުގެ ސިގްނަލް އިދޫނާ ޕާކްގައި 64,000 އަށްވުރެ ގިނަ ސަޕޯޓަރުންގެކުރިމަތީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ވަނީ ތިން ލަނޑު ޖަހާފައެވެ. މެޗުގެ 30 ވަނަ މިނިޓުގައި ޖޯޝުއާ ކިމިޗް ޕެނަލްޓީއަކުން ފުރަތަމަ ލަނޑު ޖެހުމަށްފަހު، އިޓަލީގެ ކީޕަރު ޑޮންނަރޫމާގެ މިސްޓޭކަކުން ޖަމާލް މުސިއާލާ ދެވަނަ ލަނޑު ޖެހިއިރު، ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ކްލެއިންޑިއެންސްޓް ތިންވަނަ ލަނޑު ޖެހިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި އިޓަލީގެ ކުޅުން ރަނގަޅުކޮށް، މޮއިސް ކީން ވަނީ ދެލަނޑުޖަހާފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ރަސްޕަޑޯރީ ޕެނަލްޓީއަކުން ޖެހި ލަނޑާއެކު މެޗު 3-3 އިން އެއްވަރުވިއެވެ. ނަމަވެސް އެގްރިގޭޓް ނަތީޖާ އެއްވަރުކުރުމަށް އިތުރު ލަނޑެއް ޖެހުމުގެ ފުރުސަތު އިޓަލީއަށް ނުލިބުނެވެ. މިދެޓީމު މީގެ ފުރަތަމަ ލެގުގައި ވާދަކުރި މެޗު ޖަރުމަނުން ވަނީ 2-0 އިން މޮޅުވެފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި ޖަރުމަނާ ކުޅޭނީ ޕޯޗުގަލާ ދެކޮޅަށެވެ. ސެމީގައި ޖަރުމަނުން ނިކުންނާނީ އަންނަ ޖޫންމަހުގެ 4 ވަނަދުވަހުގައި ޖަޕޯޗުގަލް އާއި ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނު ހަނގުރާމައަކީ ބޮޑު ގޯހެއް ކަމަށް ވިދާޅުވެ ޖަރުމަނުގެ ރައީސްގެ މަލާމަތް ޓްރަމްޕަށް ދުނިޔެ | 3 ދުވަސް ކުރިންހަކަތައިގެ އަގުތަކަކީ ރާއްޖެއަށް ހައްސާސް ގޮންޖެހުމެއް: ރައީސްޚަބަރު | މަހެއް ކުރިންރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފި ޚަބަރު | މަހެއް ކުރިންރާއްޖެއާއި ޖަރުމަންގެ ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރުފުރުން ފާހަގަކޮށްފިޚަބަރު | މަހެއް ކުރިން