ޕެނަލްޓީގައި ޕޮލިސް ބަލިކޮށް ވިލިމާލެ ފައިނަލަށް

ޕޮލިސް އާއި ވިލިމާލެ މެޗުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

25 މާރިޗު 2025 - 07:37
އެފްއޭއެމް ވެޓެރަންސް ލީގު 2025 ގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވިލިމާލެ ޔުނައިޓެ ޕޮލިސް ކުލަބު ޕެނަލްޓީގައި 7-6 އިން ބަލިކޮށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އިއްޔެ ހަވީރު ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޕޮލިސް ކުލަބުގެ އަޙްމަދު ޝާންއެވެ. އެހެންނަމަވެސް މެޗުގެ އިތުރު ވަގުތުގައި އަޙްމަދު ނާޒުގެ ހިތްގައިމު ބޯޅައަކުން ވިލިމާލެގެ ކެޕްޓަން އިސްމާޢީލް މުޙައްމަދު ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ވިލިމާލެގެ ޑިފެންޑަރު އަލީ ޝަރީފަށް ދެވަނަ ރީނދޫ ކާޑު ދެއްކުމާއެކު ރަތް ކާޑު ދައްކައި، މެޗުން ބޭރުކުރުމުން ވިލިމާލެއިން ކުޅެންޖެހުނީ ކުޅުންތެރިއަކު މަދުންނެވެ.
ޕެނަލްޓީގައި ދެ ޓީމުންވެސް ފުރަތަމަ ފަސް ޕެނަލްޓީ ވައްދާލުމުން، ޕޮލިސް ކުލަބުގެ ހަވަނަ ޕެނަލްޓީ ބޭރަށް ދިޔުމާއެކު، ވިލިމާލެގެ ތަޖުރިބާކާރު ފޯވާޑް އިސްމާޢީލް މުޙައްމަދު ވަނީ ޓީމު ފައިނަލަށް ގެންގޮސްދޭ ޕެނަލްޓީ ކާމިޔާބުކޮށްދީފައެވެ.
މުބާރާތުގެ ފައިނަލްގައި ވިލިމާލެ ބައްދަލުކުރާނީ މިއަދު ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ. މި މެޗުގައި ބައްދަލުކުރާނީ މުއިވެޔޮ ފްރެންޑްސް އާއި މުބާރާތުގެ ޑިފެންޑިންގ ޗެމްޕިއަނުން ހުޅުމާލޭ ވެޓެރަންސް ކުލަބެވެ.
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ދިވެހި ފުޓްބޯޅަ ސީޒަން ފެބުރުވަރީމަހުގައި ފަށަނީ
4 މަސް ކުރިން
އެފް.އޭ.އެމް ގެ ނޯމަލައޮޒިން ކޮމިޓީގެ ކުޑަކޮށް، ޗެއަރ އަކަށް މުޢިއްޒު
3 މަސް ކުރިން
މާޒިޔާ ދެވަނަ މޮޅު ހޯދިއިރު، އީގަލްސް އަށް ފުރަތަމަ މޮޅު
3 މަސް ކުރިން