logoEN
ކުޅިވަރު

ޓްރެންޓް ރެއާލް މެޑްރިޑްއަށް ބަދަލުވުމަށް އެއްބަސްވެއްޖެ - ރިޕޯޜޓްސް

ޓްރެންޓް މިހާރު ހުރީ ރެއާލް އަށް ސޮއިކުރުމުގެ ފަހު މަރުޙަލާގައި

ޓްރެންޓް މިހާރު ހުރީ ރެއާލް އަށް ސޮއިކުރުމުގެ ފަހު މަރުޙަލާގައި

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

25 މާރިޗު 2025 - 08:15

ލިވަޕޫލްގެ ސްޓަރ ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް ރިއަލް މެޑްރިޑާއެކު 5 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެއްބަސްވެއްޖެކަމަށް ރިޕޯޓުތަކުން ހާމަކޮށްފިއެވެ. 26 އަހަރުގެ ޑިފެންޑަރު މި ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ އެއްބަސްވުން ހަމަވުމުން ހިލޭ ޓްރާންސްފަރއެއްގައި ރިއަލް މެޑްރިޑަށް ބަދަލުވުމަށް އަނގަބަހުން ދެފަރާތުން ހުރިހާ ކަމަކާ އެއްބަސް ވެފައިވާކަމަށާއި މިހާރު ހަމައެކަނި މަދުވަނީ ސޮއި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިކަން ފަބްރީޒިއޯ ރޮމާނޯވެސް ރިޕޯޓްކޮށްފައިވެއެވެ.

ސްކައި ސްޕޯޓްސްގެ ރިޕޯޓަރު ސަޝާ ޓަވޮލިއެރީ ހާމަކުރި ގޮތުގައި ލިވަޕޫލުން އެލެގްޒެންޑަރ-އާނޯލްޑްގެ އެއްބަސްވުން އައުކުރުމަށް ތަކުރާރުކޮށް ހުށަހެޅި ނަމަވެސް އޭނާ އެ ހުށަހެޅުންތައް ދޫކޮށްލާފައިވެއެވެ. އަދި މިހާރު ރިއަލް މެޑްރިޑާއެކު އަހަރަކު 15 މިލިއަން ޔޫރޯ (12.5 މިލިއަން ޕައުންޑް) ގެ މުސާރައަށް އެއްބަސްވެފައިވާ ކަމަށް ބުނެއެވެ.

Arnold beynunvanee 2025 gai Real Madrid ah soi kuranFacebookViberTelegramXWhatsApp

ޖެނުއަރީ ޓްރާންސްފަރ ވިންޑޯގައި ރިއަލް މެޑްރިޑުން އެލެގްޒެންޑަރ-އާނޯލްޑް ސޮއިކުރުމަށް މަސައްކަތްކުރި ނަމަވެސް ލިވަޕޫލުން އެ ހުށަހެޅުން ބަލައިނުގަތެވެ. އެހެންނަމަވެސް މިހާރު އޭނާގެ އެއްބަސްވުން ހަމަވާން ކައިރިވުމާއެކު ރިއަލް މެޑްރިޑަށް ހިލޭ ޓްރާންސްފަރ ކުރެވޭނެއެވެ.

ލިވަޕޫލްގެ ވިރްޖިލް ވަން ޑައިކް އަދި މުހައްމަދު ސަލާހުގެ އެއްބަސްވުންވެސް މި މޫސުމުގެ ނިޔަލަށް ހަމަވާއިރު، 26 އަހަރުގެ އެލެގްޒެންޑަރ-އާނޯލްޑްގެ މުސްތަގުބަލާމެދު ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި މިހާރު އޭނާ ރިއަލް މެޑްރިޑަށް ބަދަލުވުމަށް ނިންމާފައިވާ ނިންމުން ބަދަލެއް ނުކުރާނެއެވެ.

ކޮމެންޓް

871x217_placeholder