logoEN
ޚަބަރު

ވަގަށް ސިނގިރޭޓް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފި

ހުސައިން ވަސީމްހުސައިން ވަސީމް

25 މާރިޗު 2025 - 18:25

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލުން ފުލުހަކު ސިނގިރޭޓު ކާޓަން ތަކެއް ބޭރުކުރަން އުޅުނު މައްސަލައެއް ކަސްޓަމްސް އިން ބަލަން ފަށައިފި އެވެ.

ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ވީއައިއޭގެ ޑިޕާޗާ ޓަމިނަލް އިން ޑަސްބިން ކޮތަޅުތަކެއް ނެރެގެން ގެންދަނިކޮށް އެތަކެތި ބަލާފާސްކުރި އިރުސިނގިރޭޓު ކާޓަންތަކެއް ފެނިފައިވާ ކަމަށެވެ. އަދިސިނގިރެޓް ކާޓަންތައް ގެންދަން އުޅުނު މައްސަލަ ކަސްޓަމްސް އިން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ކަސްޓަމްސް އިން އަތުލައިގަތީ ކިހާ އަދަދެއްގެ ސިނގިރޭޓު ކާޓާންތަކެއް ކަމަށް ބުނެފައެއް ނުވެ އެވެ.

View post on Twitter

މީގެ ކުރިންވެސް ބޯޓެއްގައި ރާއްޖެ އެތެރެކުރި ގާތްގަނޑަކަށް 1.6 މިލިއަން ސިނގިރޭޓް ކަސްޓަމްސް އިން ވަނީ އަތުލާގެންފަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މި ފަހުން ގެނައި އިސްލާހާއި ގުޅިގެން ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެއެތެރެކުރުން ވަނީ މަނާކޮސްފަ އެވެ. މި އިސްލާހު ގެނެސްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ.

ކޮމެންޓް

871x217_placeholder