logo
Bank of Maldives

Bank of Maldives

ޚަބަރު

24 ޙާފިޒަކަށް މިރޭ ސަނަދު އަރުވާނެ

އަޙްމަދު ޒަލީފް
26 މާރިޗު 2025 - 09:49
24 ޙާފިޒަކަށް މިރޭ ސަނަދު އަރުވާނެ

ރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް ސަނަދުގެ އެރުވުމަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ދަސްވެނިވުމުގެ ޖަލްސާ މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި މިރޭ ބާއްވާ ޚާއްސަ ޖަލްސާގައި 24 ޙާފިޡަކަށް ޙާފިޒުކަމުގެ ސަނަދު އަރުވާނެއެވެ. 

މީގެ ކުރިން ހާފިޒުން ދަސްވެނިވުމަށް ޚާއްސަކޮށްގެން ޖަލްސާއެއް ބާއްވާފައިނުވެއެވެ. ދަސްވެނިވާ ޙާފިޡުންނަށް އިނާމާއި މެޑަލް ދެމުން އައީ އެކި އަހަރު އެކި މުނާސަބާތުތަކާ ގުޅުވައިގެން ބާއްވާ ޖަލްސާތަކުގައެވެ. ނަމަވެސް މިއަހަރު އެކަން ބަދަލުކުރައްވައި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަނަދު އަރުވައި އެފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ސަރުކާރުން ނިންމެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާފިޒުން ދަސްވެނިވުމުގެ ގޮތުން ބާއްވާ މި ޝަރަފުވެރި ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ޙާފިޡުން ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާ ބާއްވާ މިއީ މި ފުރަތަމަ އަހަރެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މި ޖަލްސާ ކުރިއަށްދާނީ މިރޭ 22:00ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. މި ޖަލްސާއަކީ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ޝަރަފްވެރިކަމާއެކު ސަނަދު އެރުވުމަށް ސަރުކާރުން ބާއްވާ ޖަލްސާއެކެވެ.

މީގެއިތުރުން ޙާފިޒުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އަދި ޙާފިޒުން ޢުމްރާއަށް ފޮނުވުމުގެ ޚާއްސަ މަޝްރޫޢެއްވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. އަދި ކޮންމެ ދަރަޖައެއްގައި ޙާފިޒަކު ފާސްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެއްވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ޙާފިޡުން ދަސްވެނިވުމަށް މިފަހަރު ޚާއްސަ ގައުންއެއް ތައާރަފްކޮށް މިރޭގެ ޖަލްސާގައި ޙާފިޡުން ދަސްވެނިވާނީ އެޤައުންގައެވެ. މިއީ ހާފިޒުންނަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭ ކަންކަން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި 291 ހާފިޒުން އެބަތިބިޚަބަރު | 2 ދުވަސް ކުރިންޤުރްއާން ހިތުދަސްކުރެއްވި 24 ޙާފިޡުންނަށް ޙާފިޡުކަމުގެ ސަނަދު ހަވާލުކޮށްދެއްވައިފިޚަބަރު | 9 މަސް ކުރިން24 ޙާފިޒަކަށް މިރޭ ސަނަދު އަރުވާނެ ޚަބަރު | 9 މަސް ކުރިން